Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ވިޔަފާރި

ސްޓާލިންކް ރާއްޖެއަށް: ހަލުވި އިންޓަރނެޓަށް ކުރާ ހުވަފެނަށް ނިމުމެއް ކަމަށް ވެދާނެ

ސްޓާލިންކް ރާއްޖެއަށް: ހަލުވި އިންޓަރނެޓަށް ކުރާ ހުވަފެނަށް ނިމުމެއް ކަމަށް ވެދާނެ

އެލޮން މަސްކްގެ ސްޕޭކް އެކްސް ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ސްޓާލިންކުން ދުނިޔޭގެ ހުރިހާ ހިސާބަކަށް ހަލުވި ސްޕީޑްގައި އިންޓަރނެޓް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސްޓާލިންކް ސެޓަލައިޓް އިންޓަރނެޓްގެ ޚިދުމަތް ރާއްޖެއަށް ލިބޭނެ ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

ސްޓާލިކް ވެބްސައިޓް އިން ދައްކާ ގޮތުގައި މި ޚިދުމަތް ރާއްޖެއަށް 2022 ވަނަ އަހަރު ލިބޭނެއެވެ.

ސްޕޭސްއެކްސް ޚިދުމަތް ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން،<a href="https://www.starlink.com/"> ސްޓާލިންކް ވެބްސައިޓަށް</a> ދުރުވެ، ނަންނޯޓް ކުރަން ޖެހެއެވެ. އަދި ޑިޕޮސިޓްގެ ގޮތުގައި 99 ޑޮލަރު ދައްކަން ޖެހެއެވެ. ޚިދުމަތް ލިބުމުގެ ކުރިން މެދު ކަނޑާލަން ބޭނުންނަމަ، މި ރުފިޔާ އަނބުރާ ރިފަންޑް ކުރެއެވެ. މި ޚިދުމަތަށް އެދުމަށް، ،<a href="https://www.starlink.com/">ސްޓާލިންކް ވެބްސައިޓަށް</a> ދުރުވެ، އީމެއިލް އެޑްރެސް ޖައްސަވާށެވެ. އަދި ޕްލަސް ކޯޑް ވިތްސް ސިޓީ ޖައްސަވާށެވެ. ޕްލަސްކޯޑް ވިތް ސިޓީ ހޯއްދަވާނެ ގޮތް ވާނެ ގޮތް <a href="https://support.google.com/maps/answer/7047426?co=GENIE.Platform%3DiOS&amp;hl=en&amp;oco=0">މި ލިންކް</a> އިން ފެނި ވަޑައިގަންނަވާނެއެވެ.

Advertisement
Allied — Dhen Online (box)

ސްޓާލިންކް ޕްރޮޖެކްޓަކީ 42,000 ސެޓަލައިޓް ދުނިޔޭގެ އޯބިޓްގައި ދައުރު ކުރުވައިގެން، ހައި ސްޕީޑް އިންޓަރނެޓް ދުނިޔޭގެ ހުރިހާ ހިސާބަކަށް ފޯރު ކޮށްދިނުމަށް ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓްގެ ދަށުން އިންޓަރނެޓް ބޭނުން ކުރައްވާ ފަރާތްތަކަށް 20 މިލިސިކުންތުގެ ލޯ ލެޓެންސީގައި 100އެމްބީޕީއެސް ސްޕީޑްގައި އިންޓަރނެޓް ޚިދުމަތް ދެވޭނެ ކަމަށް އެފަރާތުން ހާމަ ކުރެއެވެ. މިހާތަނަށް ސްޓާލިކްގެ 1،000 އަށްވުރެ ގިނަ ސެޓެލައިޓް ވަނީ ޚިދުމަތް ދޭން ފަށާފައެވެ.

އެމެރިކާ އަދި ކެނެޑާގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ސްޓާލިންކްގެ ބީޓޭ ޓެސްޓިންގް ޚިދުމަތް ފެށިއިރު، މިހާތަނަށް 10،000 އަށްވުރެ ގިނަ މީހުން މި ޚިދުމަތް ހޯދަމުން އަންނަ ކަމަށް އެފަރާތުން ހާމަކުރެއެވެ.

މިހާރު ދުނިޔޭގައި އޮޕްރޭޓަ ކުރަމުންދާ ސެޓެލައިޓްތަކަށްވުރެ 15 ގުނަ އިތުރަށް ސެޓަލައިޓް 200-100 މޭލު ތިރިން އޮޕަރޭޓްކޮށްގެން އިންޓަރނެޓް ޚިދުމަތް ސްޓާލިންކް އިން ދޭއިރު، މިޚިދުމަތް ހޯދުމަށް ކުޑަ ޑިޝްއެއް ބޭނުންވެއެވެ. ޚިދުމަތް ހޯދަން ފަށާއިރު، ޑިޝް އަދި ރައުޓަރއަށް ފީއެއްގެ ގޮތުގައި 499 ޑޮލަރު ދައްކަން ޖެހޭނެ ކަމަށް ސްޓާ ލިންކްއިން ހާމަކުރެއެވެ.

ރާއްޖޭގައި އިންޓަރނެޓްގެ ޚިދުމަތްދޭ ކުންފުނިތަކުން ދެމުން އަންނަނީ ޚިދުމަތުގެ ފެންވަރު ރަނގަޅު ނޫން ކަމަށްބުނެ، ރާއްޖެއިން މިހާތަނަށް ގިނަ ބަޔަކު މި ޚިދުމަތަށް ވަނީ އެދިފައެވެ. ޓްވިޓަރގައި ގިނަ ދިވެހިން ސްޓާލިންކް ޕްރަމޯޓް ކުރަމުންދާއިރު، އެފަރާތްތަކުން ބުނަމުން އަންނަނީ ވީހާވެސް ގިނަ ބަޔަކު މި ޚިދުމަތަށް އެދޭނަމަ، ޚިދުމަތް މިއަހަރުގެ ތެރޭގައިވެސް ސްޓާލިންކް ޚިދުމަތް ލިބިދާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް