Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ބޮލީވުޑް

ސުޝްމީތާ ކުރި ޕޯސްޓުތަކަކުން ލޯބިވެރިޔާއާއި ގުޅުން ކެނޑިފައިވާ ކަމުގެ އިޝާރާތްތަކެއް

ސުޝްމީތާ ކުރި ޕޯސްޓުތަކަކުން ލޯބިވެރިޔާއާއި ގުޅުން ކެނޑިފައިވާ ކަމުގެ އިޝާރާތްތަކެއް

ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގައި ވެސް ހަރަކާތްތެރިވި ކުޅަދާނަ އެކްޓްރެސް ސުޝްމީތާ ސެން އާއި އޭނާގެ ލޯބިވެރިޔާ ރޯމަން ޝޯލްއާ ދެމެދުގައި އޮތް ލޯބީގެ ގުޅުން މިހާރު ކެނޑިފައިވާ ކަމުގެ ވާހަކަތަކެއް ދެކެވެމުން އެބަދެއެވެ.

މިވާހަކަތައް ފެށިފައިވަނީ މީސްމީޑިއާގައި ސުޝްމީތާ މިފަހަކަށް އައިސް ކޮށްފައިވާ ޕޯސްޓުތަކަކާ ގުޅިގެންނެވެ. އެގޮތުން އިންސްޓަގްރާމްގައި އިއްޔެ އޭނާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ "ފިރިހެނުން ބަދަލުވާނެ ކަމަށް ހީކުރެވުމަކީ ކުށްހީއެއް" ކަމަށާއި "އެމީހުން ބަދަލެއް ނުވާނެ" ކަމަށެވެ. އަދި "އެފަދަ ފިރިހެނުން ދޫކޮށްލާފަ އަންހެނަކު ނުދާނެ ކަމަށް ހީވެފައި އޮތުމަކީ ވެސް ކުށްހީއެއް" ކަމަށާއި"ދޫކޮށްލާފައި ދާނެ" ކަމަށެވެ.

މިޕޯސްޓާ ގުޅިގެން ވެސް އެތައް ބަޔަކު ވަނީ، ސުޝްމީތާއާއި އޭނާގެ ލޯބިވެރިޔާ އަދި މޮޑެލް ރޯމަން އާ ދެމެދު ގުޅުން ރަނގަޅު ނޫން ކަމަށް ޝައްކު ކޮށްފައެވެ. އެއާއެކު މިއަދު ޓްވިޓާގައި ސުޝްމީތާ އޭނާގެ ދެ ދަރިންނާއެކު ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ކޮންމެ ކަމެއްވި ނަމަވެސް އޭނާއާއި އޭނާގެ ދެ ދަރިން އަބަދުވެސް ވާނީ އެކު އެކީގައި ކަމަށެވެ.

Advertisement
Ooredoo — Truecaller (box)

އުމުރުން 45 އަހަރުގެ ސުޝްމީތާ ގެ މިފަދަ ޕޯސްޓުތަކާ ގުޅިގެން އޭނާގެ ފޭނުންނަށް ވަނީ ފުން އަސަރެއް ކޮށްފައެވެ. އެގޮތުން އެޕޯސްޓުތަކަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ، ރޯމަން އާއި ސުޝްމީތާގެ ކައިވެންޏަށް އޭނާ އިންތިޒާރު ކުރަމުންދާ ކަމަށާއި ގުޅުން ކެނޑިއްޖެނަމަ ވަރަށް ދެރަވާނެ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް