Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އިންޑިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

އިންޑިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބޭރުގެ މީީޑިއާތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައި ބިންހެލުން އައިސްފައިވަނީ އިންޑިއާގެ އުތުރަށް ކަމަށާއި، މި ބިންހެލުމުގެ ބާރުމިނަކީ 6.3 މެގްނިޓިއުޑް ކަމުގައި ރިޕޯޓުތަކުން މައުލޫމާތު ލިބެއެވެ. އަދި ބިމުން ފެށިގެން 74 ކިލޯމީޓަރު އަޑިއަށް މި ބިންހެލުމުގެ އަސަރު ކޮށްފައިވާ ކަމުގައި ވެސް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ހާމަ ކޮށްފައި ވެއެވެ.

މި ބިންހެލުމަކީ ބާރުގަދަ ބިންހެލުމެއް ކަމަށް ރެކޯޑުކުރެވިފައިވާއިރު، އަދި މިހާތަނަށް އެއްވެސް މީހެއްގެ މުދަލަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވާ ކަމަށް މައުލޫމާތު ނުލިބޭ ކަމަށާއި، މި ބިންހެލުމުގެ އަސަރު ބޮޑަށް ކޮށްފައި ވަނީ އިންޑިއާގެ ޖައްމޫ ކަޝްމީރުގެ ކައިރީގައި އޮންނަ ތަޖިކިސްތާނަށް ކަމަށް މީޑިއާތަކުން މައުލޫމާތު ލިބެއެވެ. އަދި މި ބިންހެލުމުގެ އަސަރު އަމްރިޓްސާއަށާއި ޕަންޖާބުގެ ސަރަހައްދުތަކަށް ވެސް ކޮށްފައިވާ ކަމަށް މީޑިއާތަކުން މައުލޫމާތު ލިބެއެވެ.

Advertisement
Ooredoo — Square (box)

މި ބިންހެލުމާ ގުޅިގެން ޕަންޖާބުގެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަންނަނީ މަސައްކަތްތައް ވެސް ކުރެވެމުންނެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް