ދުނިޔެ

ބަރުދަން ލުއިކުރަން ކުރީ ތަފާތު ކަމެއް، ހިކުނު ވަރުން މަންމައަށް ވެސް ކާކުކަން ދެނެގަންނަން ނޭނގުނު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ބަރުދަން ލުއިކުރުމަށް ޓަކައި ގިނަ ބަޔަކު އެތައް މަސައްކަތްތަކެއް ކުރެއެވެ. އެގޮތުން ލުއިކޮށް ކެއުމާއި ކަސްރަތު ކުރުން ފާހަގަ ކޮށްލެވެއެވެ. އެހެންނަމަވެސް މި އަންހެން މީހާ ކުރީ އެންމެ ކަމެކެވެ. ނަތީިޖާއެއްގެ ގޮތުން މުޅި މީހާ އެއްކޮށް ބަދަލުވެ، އެންމެ ފަހުން މައިމީހާއަށް ވެެސް އޭނާ ފާހަގަކުރަން ނޭނގުނެވެ.

Ads by Sosun Fihaara

އުމުރުން 33 އަހަރުގެ ތަނީޝާ ސިންގަކީ އިންޑިއާގައި ދިރިއުޅެމުން އަންނަ އަންހެނެކެވެ. ކައިވެންޏަށް ފަހު ދަރިއެއް ލިބި ހަށިގަނޑަށް އައި ބަދަލުތަކުން އޭނާ ނިންމީ ހަތަރު ހަފްތާ ތެރޭގައި މުޅި މީހާގެ ހަށިގަނޑަށް ބަދަލު ގެންނާށެވެ. އަދި އޭނާ ވަނީ އެކަން ޢަމަލުން ދައްކާ ވާނޭކަން ސާބިތު ކޮށްދީފައެވެ.

ބޭރުގެ މީޑިއާތަކަށް މައުލޫމާތު ދެމުން އޭނާ ބުނީ ވިހެއުމަށް ފަހު ހަށިގަނޑު ފަލަވާން ފެށުމުން ނޭވާ ލުމަށް ވެސް އުނދަގޫވީ ކަމަށާއި، ތުއްތު ކުއްޖެއް ބަލަމުން އެހާ ފަލަ ހަށިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ ވަރަށް އުނދަގޫ ކަމެއްކަމަށެވެ. އެހެންކަމުން ބަރުދަން ލުއިކުރުމަށް މާބޮޑު މަސައްކަތްތަކެއް ނުކުރާ ކަމަށާ، ކޮންމެ ދުވަހަކު ވެސް ރޭގަނޑުގެ ކެއުމަށް ސޫޕު ބޮނީ ކަމަށް އޭނާ ބުންޏެވެ.

މީގެއިތުރުން ކޮވިޑުގެ ބަލިމަޑުކަމާއެކު ލޮކްޑައުން ކުރެވުނު ދުވަހުން ފެށިގެން މަންމައާ ދިމާ ނުވާތީ މަންމައާ ދިމާވާއިރު، މަންމަ ހައިރާންވާފަދަ ބަދަލެއް ހަށިގަނޑަށް ގެނައުމުގެ އުއްމީދުގައި އޭނާ މަސައްކަތް ފެށީ ކަމަށް އޭނާ ފާހަގަކުރިއެވެ. ނަތީޖާއަކަށްވީ އެތައް ދުވަހަކަށް ފަހު މަންމައާ ބައްދަލުވި ވަގުތު މަންމައަށް ވެސް އޭނާ ދެނެގަންނަން ނޭނގުމެވެ.

އޭނާ އިތުރަށް ވާހަދައްކަމުން ބުނީ ހިކެން ބޭނުންނަމަ ކެލޮރީ މަދު ކާނާ ކެއުމަށް އާދަ ކުރަންޖެހޭ ކަމަށާއި، ދުވާލަކު އެއްފަހަރު ކެލޮރީ އެކުލެވޭ ކާނާއެއް ކެއުމަކީ މައްސަލައެއް ނޫން ކަމަށެވެ. ތަނީޝާ ވަނީ ގިނަ މަންމައިންނަށް ނަމޫނާއެއް ދައްކާފައެވެ. ކިތަންމެ ތުއްތު ދަރިއެއް އޮތް ނަމަވެސް ނަތީޖާއެއް ނެރުމަށް ގަދައަޅައި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބު ވާނޭކަން އޭނާ ވަނީ ސާބިތު ކޮށްދީފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!