ބޮލީވުޑް

ޑިޕްރެޝަންގެ ވާހަކަތަކާއެކު ވިރާޓްގެ އުދާސްތައް ބަންދުކޮށްލައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ ގައުމީ ކްރިކެޓު ޓީމުގެ ކެޕްޓަން އަދި ބޮލީވުޑު ތަރި އަނުޝްކާ ޝަރުމާގެ ފިރިމީހާ، ވިރާޓް ކޯލީ އޭނާގެ ޑިޕްރެޝަންގެ ވާހަކަތައް ފޭނުންނާ ހިއްސާ ކޮށްފިއެވެ.

Ads by Hajj Corporation

ޕޮޑްކާސްޓަކަށް ދިން އިންޓަވިއުއެއްގައި ވިރާޓް ބުނީ 2012 ވަނަ އަހަރު ކްރިކެޓް އިންގްލިޝް ޓުއާގެ ތެރޭގައި އޭނާ ޑިޕްރެޝަންގެ ޝިކާރައަކަށްވި ކަމަށެވެ. އެގޮތުން އޭނާއަކީ ދުނިޔޭގެ އެންމެ އެކަނިވެރިމީހާގެ ގޮތުގައި އެ ދުވަސްވަރު ސިފަވި ކަމަށް ވިރާޓް ބުނެފައި ވެއެވެ.

ވިރާޓް އިތުރަށް ބުނީ ކްރިކެޓުގައި ކުޅެން ބޭނުންވާ މިންވަރަށް ނުކުޅެވޭނެ ކަމަށާއި ހާސިލްކުރަން ބޭނުންވާ ކަންކަން ހާސިލް ނުކުރެވޭނެ ކަން އެނގިހުރެ، ކޮންމެ ދުވަހަކު ނިދިން ހޭލުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

އަދި އެއީ މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުން ކަމަށާއި އެ ދުވަސްވަރު އޭނާ ބޭނުންވި އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިރާޓް ބުނެފައި ވެއެވެ. އެގޮތުން ނިދަން އުނދަގުވާ ކަމަށާއި ނިދިން ހޭލުމަށް ފަހު ވެސް ބޭނުންނުވާ ފަދަ އިހުސާސްތައް ކުރެވޭ ކަމަށް ވިރާޓް ވަނީ ބުނެފައެވެ.

ވިރާޓް ވަނީ އަނބިމީހާ އަނުޝްކާއަކީ އޭނާގެ އެންމެ ބޮޑު ސަޕޯޓަރު އަދި އެހީތެރިޔާ ކަމަށް ސިފަކޮށްފައެވެ.

ވިރާޓް އަނުޝްކާ އާ ކައިވެނި ކޮށްފައި ވަނީ 2017 ވަނަ އަހަރު އެވެ. މި ދެތަރިން އެންމެ ފުރަތަމަ ދިމާވީ 2013 ވަނަ އަހަރު އަނުޝްކާ އާއި ވިރާޓު ކުޅެފައިވާ ޝޭމްޕޫ އިޝްތިހާރެއްގެ ސެޓުންނެވެ.

ކައިވެންޏަށް އަހަރުތަކެއް ވެފައިވާއިރު މި ދެމީހުންނަށް މިހާރު ވަނީ ދަރިއަކު ވެސް ލިބިފައެވެ. "ވަމިކާ" ލިބިފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!