މުނިފޫހިފިލުވުން

ޓޮމް ހޮލޭންޑް އޮޅި، އިންޑިއާއިން ސްޕައިޑަމޭން ބޮއިކޮޓް ކުރަނީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ފާޑު ކިޔައި ،އިނގިރޭސި ލިޔުންތެރިޔާ އަދި ކްރިކެޓް ކުޅުންތެރިޔާ ޓޮމް ހޮލޭންޑް ޓްވީޓް ކުރުމުން ، އެއީ އިނގެރޭސި އެކްޓަރ ޓޮމް ހޮލޭންޑް ކަމަށް ހީކޮށް ، އޭނާގެ ފިލްމް "ސްޕައިޑަމޭން: ނޯ ވޭ ހޯމް" ބޮއިކޮޓް ކުރުމަށް ގޮވާލާ ކެމްޕޭނެއް އިންޑިއާގައި ފަށައިފިއެވެ.

Ads by STELCO

އިނގެރޭސި ކްރިކެޓަރ ޓޮމް ހޮލޭންޑްގެ ޓްވީޓް އައިސްފައި ވަނީ ގުޖުރާތުގެ ކްރިކެޓް ސްޓޭޑިއަމްއަކަށް މޯދީގެ ނަމުން ނަން ދިނުމުންނެވެ.

"ސްޕައިޑަމޭން: ނޯ ވޭ ހޯމް"ގެ ކާސްޓުންގެ ތެރޭގައި ޓޮމް ހޮލޭންޑް، ޒެންޑަޔާ، ޖެމީ ފޮކްސް، ބެނަޑިކްޓް ކަމްބަބެޗް އަދި އަލްފްރެޑް މޮލީނާ ފަދަ ތަރިން ހިމެނެ އެވެ. އަދި މި ފިލްމުގައި 2002 ވަނަ އަހަރު ގެނެސްދިން ސްޕައިޑަމޭން ފިލްމުގައި ސްޕައިޑަމޭންގެ ރޯލު ކުޅުނު ޓޯބޭ މާގިއު އާ 2012 ވަނަ އަހަރު ގެނެސްދިން ފިލްމުގެ ސްޕައިޑަމޭންގެ ރޯލުން ފެނިގެން ދިޔަ އެންޑްރިއު ގާފިލްޑް ވެސް ހަރަކާތްތެރިވާނެ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

ޑިސެމްބަރު މަހުގެ 17 ގައި ގެނެސްދޭ މި އިންސްޓޯލްމަންޓްގެ ދެ ބައެއް މީގެ ކުރިން ވަނީ ގެނެސްދީފަ އެވެ. އެއީ 2017 ވަނަ އަހަރު ރިލީޒްކުރި "ސްޕައިޑަމޭން: ހޯމްކަމިން" އާ 2019 ގައި ގެނެސްދިން "ސްޕައިޑަމޭން: ފާ ފްރޮމް ހޯމް"އެވެ. މި ދެ ފިލްމަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!