ދުނިޔެ

ސޯމާލިއާގައި ކާރެއް ގޮވާ 20 މީހުން މަރުވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ސޯމާލިއާގެ ވެރިރަށް މޮގާޑިޝުގައި ކާރެއް ގޮވައި ހިނގި ހާދިސާއެއްގައި 20 މީހުން މަރުވެ 30 މީހަކު ޒަހަމް ވެެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓްތައް ބުނާ ގޮތުގައި ގޮވާ ޒާތުގެ އެއްޗެހިތަކެއް ހުރި މި ކާރު ގޮވާފައި ވަނީ ލުއުލް ޔަމަނީ ރެސްޓޯރެންޓްގެ ކައިރީގައި މިއަދު 8 ޖަހާކަށްހާއިރުއެވެ.

މި ބާރުގަދަ ގޮވުން ގޮވާ އެ ހިސާބުގަނޑުގައި ހުރި ގިނަ އަދަދެއްގެ އިމާރާތްތަކަށާއި ވިޔަފާރި ސެންޓަރުތަކަށް ވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ. އަދި މި ހާދިސާގައި 30 މީހުން ޒަހަމް ވެފައިވާއިރު އެމީހުންނަށް މިހާރު ހޮސްޕިޓަލުތަކުގައި ދަނީ ފަރުވާ ދެމުންނެވެ.

ކާރު ގޮވި ވަގުތު މުޅި ހިސާބުގަނޑުގައި އޮތީ ދުން ފެތުރިފައި ކަމަށާއި އަލިފާނުގެ އަސަރު ވެސް އެ ހިސާބުގަނޑުގައި ވަރަށް ބޮޑަށް އޮތް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި މިއީ މި ރެސްޓޯރެންޓަށް މިފަދަ ހަމަލާއެއް ދިން ދެވަނަ ފަހަރެވެ.

މިކަމުގައި ތުހުމަތު ކުރެވެނީ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އަލްޝަހާބަށް ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓް ކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!