ދުނިޔެ

ސީރިއާގެ ރައީސް އާއި ފަސްޓް ލޭޑީ ކޮވިޑް-19 އަށް ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީރިއާގެ ރައީސް ބަޝާރުލް އައްސަދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ސީރިއާގެ ރައީސް އޮފީހުން އެކަން މިއަދު ޔަގީން ކޮށްދެމުން ބުނީ ރައީސް އައްސަދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކޮވިޑަށް ޓެސްޓުކުރީ ބަލީގެ އަލާމާތްތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ.

އުމުރުފުޅުން 55 އަހަރުގެ ރައީސް އައްސަދު އާއި އެމަނިކުފާނުގެ އަނބިކަނބަލުން އަސްމާ، ކޮވިޑަށް ފައްސިވުމާ ގުޅިގެން 3-4 ހަފްތާ ވަންދެން މަސައްކަތް ކުރައްވާނީ ގެއިން ކަމަށާއި މީގެ އިތުރުން ގޭގައި ތިއްބަވާނީ އެކަހެރިކޮށް ކަމަށް ވެސް ސީރިއާގެ ރައީސް އޮފީހުން ބުނެއެވެ.

ސީރިއާގެ ރައީސާއި އަނބިކަނބަލުން ފައްސި ވެފައިވާއިރު، މިހާރު އެ ޤައުމުން 16،000 އެއްހާ މީހުން ކޮވިޑަށް ފައްސިވެފައިވާ ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!