ދަރިފުޅުގެ މޫނު އަދި ނުދެއްކިޔަސް، ދަރިފުޅަށް ގެނައި ކޭކު އަނުޝްކާ ދައްކާލައިފި

ބޮލީވުޑްގެ މަޝްހޫރު ފިލްމީތަރި އަނުޝްކާ ޝަރްމާ އާއި އޭނަގެ ފިރިމީހާ ވިރާޓް ކޯލީގެ ދަރިފުޅަށް ދެ މަސް ފުރުން ފާހަގަ ކޮށްފިއެވެ.
އަނުޝްކާ އާއި ވިރާޓް އަށް ދަރިއަކު ލިބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގައެވެ.
ދަރިފުޅު ލިބިގެން ދެ މަސް ފުރިފައިވާއިރު ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް އަދި އާންމު ކޮށްފައި ނުވި ނަމަވެސް، އަނުޝްކާ މިއަދު ވަނީ ދަރިފުޅަށް ދެ މަސް ފުރިގެން ގެނައި ކޭކު ދައްކާލާފައެވެ.

އިންސްޓަގްރާމްގައި އަނުޝްކާ އާންމުކުރި ފޮޓޯއަކުން ފެންނަނީ ފަޅާފައިވާ ވަރަށް ރީތި ރެއިންބޯ ކޭކެކެވެ. އެ ކޭކުގެ ވަށައިގެން އެކި ކުލަ ކުލައިގެ ތަރިތަކެއް ވެސް ތަތް ކޮށްފައި ވެއެވެ.
ދަރިފުޅު ލިބުން ފަހުން، އިންޑިއާ އިންގްލެންޑް ކްރިކެޓް މެޗު ތަކުގެ ސަބަބުން ވިރާޓް އުޅުނީ ގިނަ ދުވަހު ޤައުމުން ބޭރުގައެވެ. ދަރިފުޅު ވަމީކާ ގޮވައިގެން އަނުޝްކާ ވެސް ވަނީ މިދިޔަ މަހު އިންޑިއާއަށް، ވިރާޓުގެ މެޗެއް ބަލަން ގޮސްފައެވެ.
ދުވަހަކު ތި މޫނު ނުފެނުނިއްޔާ އަހަރެމެންނަށް ކީއް!!!