ދީން

ކަޢުބާގެ މައްސަލަ ނުޖެހޭ ސައުންޑް ސިސްޓަމްގެ ސިއްރު

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ދުނިޔޭގެ އެންމެ މާތް ރަށުގައި ހުރި އެންމެ މާތް ގެކޮޅެވެ. މަސްޖިދް-އަލް-ޙަރަމް ނުވަތަ ކަޢުބާއެވެ. އިބްރާހީމް އަލައިހިއްސަލާމް ، ﷲ ސުބްޙާނަހޫވަތަޢާލާގެ އަމުރުފުޅަށް އެކަލާނގެއަށް އަޅުކަން ކުރުމަށް މިދުނިޔޭގައި ފުރަތަމަ ބިނާ ކުރެވުނު މިސްކިތެވެ. އަހަރެމެން އެންމެހާ މުސްލިމުންގެ ޤިބުލައެވެ.

Ads by MWSC

ކޮންމެ ދުވަހަކު އެތައް މުސްލިމުންނެއް ﷲ ސުބްހާނަހޫ ވަތަޢާލާއަށް އަޅުކަން ކުރުމަށް އެއްވާ، މަސްޖިދުލް ހަރަމްގައި ބަންގީގެ އަޑު އަދި އިމާމްގެ އަޑު މުޅި ސަރަހައްދަށް ފޯރުކޮށްދިނުމަކީ އެހާާ ފަސޭހަ ކަމަކަށް ނުވާނެއެވެ. ޙައްޖު ދުވަހު އެތައް މިލިޔަން މުސްލިމުންނެއް ގެފުޅު ސަރަަހައްދަށް އެއްވާއިރު، މިހުރިހާ ފަރާތްތަކަށް ޙައްޖު ޚުތުބާއާއި ނަމާދުގެ ތަކްބީރު އަޑު އިއްވުމަކީ ބޮޑު ޓީމެއްގެ ބުރަ މަސައްކަތެވެ.

މިގޮތުން މަސްޖިދް-އަލް-ޙަރަމްގެ ސައުންޑް ސިސްޓަމް ބަލަހައްޓަނީ 50 ސައުންޑް އިންޖިނިއަރުންގެ ޓީމަކުންނެވެ. މި 50 އިންޖިނިއަރުންގެ ހަމައެކަނި މަސައްކަތަކީ ކަޢުބާގައި އިމާމްގެ އަޑު މުޅި ސަރަހައްދަށް އިއްވުމެވެ. މިގޮތުން މިކަން ކުރުމަށް ކަޢުބާގެ އެކި ސަރަހައްދުތަކުގައި 6،000 އަށްވުރެ ގިނަ ސްޕީކަރު ހަރުކޮށްފައި ހުރެއެވެ.

ސައުންޑް ސިސްޓަމަކީ ވަރަށް ގިނައިން މައްސަލަ ޖެހޭ އެއްޗެއް ކަމުގައިވާތީ، ކަޢުބާގައި މިކަމުން ރައްކާތެރިވުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިހުރެއެވެ. މިގޮތުން، އެއް މައިކް ބޭނުން ކުރުމުގެ ބަދަލުގައި 3 މައިކް ބޭނުން ކުރެއެވެ. މީގެ މަޤްޞަދަކީ އެއް މައިކަށް އަޑު ނާރައިނަމަ ބާކީ ހުރި މައިކްތަކުން އަޑު ގެނެސްދިނުމެވެ. މިކަންކަން ބަލަހައްޓަން ވެސް ޓީމެއް އޮވެއެވެ. މިއީ މިގޮތަށް ދުނިޔޭގައި މެނޭޖް ކުރާ އެންމެ ބޮޑު އަދި އެންމެ ވަރުގަދަ ސައުންޑް ސިސްޓަމެވެ.

މީގެ އިތުރުން ކަޢުބާގައި ނަމާދު ކުރާ އިމާމްގެ ކައިރީގައި ޖުމްލަ 9 މައިކް ހުރެއެވެ. އެއީ ކޮޅަށް ހުންނައިރު އަޑު އަރާ 3 މައިކްއާއި ރުކޫގައި އޮންނައިރު އަޑު އަރާ 3 މައިކްގެ އިތުރުން ސަޖިދަ ކުރާއިރު އަޑު އަރާ 3 މައިކްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!