ދުނިޔެ

ކުލި ނުދައްކާތާ ފަސްމަސް ، ތަޅު ހަލާކުކޮށްލައިގެން ގެއަށް ވަނުމުން ފެނުނީ މީހެއްގެ ކަށިގަނޑެއް

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާ، މަހަރާސްޓްރާ: ކުއްޔަށް ދޫކޮށްފައިވާ ގެއެއްގައި ހުރި ޕްލާސްޓިކް ފެންފީފާއެއްގެ ތެރެއިން މަރުވެފައިވާ މީހެއްގެ ކަށިގަނޑު ފެނިއްޖެއެވެ.

Ads by Sosun Fihaara

މަހާރަޝްޓްރާގެ ޕަލްގަޅު ޕޮލިހުން އިއްޔެ ހާމަކޮށްފައިވާ ގޮތުގައި މި ޙާދިޘާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ އެގޭގެ ވެރިމީހާއެވެ. ވެރިމީހާއާއި ހަވާލާދީ ޕޮލިހުން ބުނީ އެގޭގައި ދިރިއުޅެމުން ގޮސްފައިވަނީ އުމުރުން ވިހި އަހަރުގެ ބުލްބުލް ދީޕަކް ކިޔާ އަންހެނަކާއި އޭނާގެ ފިރިމީހާގެ އިތުރުން ފިރިމީހާ އާއިލާގެ ތިންމީހުންނެވެ.

ފުލުހުން ބުނެފައިވަނީ ބުލްބުލްގެ ފިރިމީހާ، ބުލްބުލްއަށް މީގެ ކުރިން ވެސް އަނިޔާކޮށްފައިވާ ކަމަށާއި އެފަދަ މައްސަލައެއް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވެސް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. ކޮޓަރިން ފެނިފައިވާ ކަށިގަނޑަކީ ބުލްބުލްގެ ކަށިގަނޑު ކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެއެވެ.

ގޭގެ ވެރިމީހާ ބުނެފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގައި ކުއްޔަށް ތިބި މީހުން ގެއިން ނުކުމެފައިވާ ކަމަށެވެ. ނަމަވެސް އެނބުރި އަންނާނެ ކަމަށާއި ގެ އެހެން އެއްވެސް މީހަކަށް ނުދިނުމަށް ބުނެ އީޓްރާންސްފާ މެދުވެރިކޮށް ކުލި ދައްކަމުން ވެސް ގޮސްފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ ފަސް މަސްދުވަހު ކުލި ނުދައްކާ ކަމަށާއި އެހެންވެ ގޭގެ ތަޅު ހަލާކު ކޮށްލައިގެން ވަނީ ކަމަށް ވެސް ވެރިމީހާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!