މުނިފޫހިފިލުވުން

ދިޕިކާ އާއި ޝާހްރުކް ޚާން އަނެއްކާވެސް އެއްކޮށް ފިލްމަކުން ފެނިދާނެކަމުގެ ސިގްނަލްތަކެއް!

ދެން އެމްވީ ، ދެން އޮންލައިން

ބޮލީވުޑްގެ މްއްޝޫރު އެކްޓްރެސް ދީޕިކާ ޕަދުކޯން އެންމެ ފުރަތަމަ ވެސް ބޮޑު ސްކްރީނުން ފެނިފައިވަނީ، މުޅި ދުނިޔެއަށް މައްޝޫރު ކުޅަދާނަ އެކްޓަރު ޝާހްރުކް ޚާން އާއެކު ގައެވެ.

Ads by MWSC

ފިލްމު "އޯމް ޝާންތީ އޯމް" ގައި މިދެތަރިން ދައްކުވައިދިން މޮޅު އެކްޓިންގާއި ދިޕިކާގެ ރީތިކަން ފެނިފައި ގިނަ ބަޔަކަށް އެފިލްމު ވަރަށް ބޮޑަށް ކަމުދިޔައެވެ. ވަކިން ބޮޑަށް މިދެތަރިން އެކުގައި ގިނަ ފިލްމުތަކަކުން ބެލުންތެރިން ދެކެން ބޭނުންވިއެވެ. އެފިލްމަށްފަހު "ޗެނާއި އެކްސްޕްރެސް" އިންނާއި "ހެޕީ ނިއު އިޔަރ" އިންް ވެސް ދިޕިކާއާއި ޝާހްރުކް ޚާން އެކުގައި ފެނުމަށްފަހު، ފިލްމަކުން އެކުގައި ނުފެނިވަނީ ގިނަ ދުވަސްތަކެއް ވެފައެވެ.

ނަމަވެސް އިންޑަސްޓްރީގެ އިސްފަރާތެއް ބުނިގޮތުގައި ޔަޝްރާޖް ފިލްމްސްގެ ފިލްމެއްގައި ހަރަކާތްތެރިވުމަށް ދީޕިކާ ދަނީ ތައްޔާރުވަމުންނެވެ. އެއި އެކްޝަން ރޮމާންސެއް ކަމަށާއި، އެފިލްމުގައި ދިޕިކާއާއެކު ހަރަކާތްތެރި ވާނީ ޝާހްރުކް ޚާން ކަމަށް ވެސް ބުނެފައިވެއެވެ.

މިފިލްމުގެ މަޝްވަރާތަށް މިހާރުވަނީ ކޮށް ނިމިފައެވެ. ހަމައެކަނި ބާކީ އިނީ އެގްރިމަންޓުގައި ދިޕިކާ ސޮއި ކުރުން ކަމަށް ވެސް އެފަރާތުން ބުނެފައިވެއެވެ.

އިންޑިއާ ގައި ވެސް ކޮވިޑް ފެތުރެމުން ދިޔުމާއި ގުޅިގެން މިފިލްމުގެ މަސައްކަތް ފެށޭނީ ކިހާތާކުކަމެއް އަދި ބުނަންް ނޭނގޭ ކަމަށާއި އެހެންނަމަވެސް ދިޕިކާގެ ވަގުތުތތަކަށް ބަހާލައިގެން ފިލްމުގެ މަސައްކަތް ފެށުނު އެންމެ އަވަަހަކަށް ފަށަން ނިންމާފައިވާ ކަމަށް ވެސް އެމީހާ ބުނެފައިވެއެވެ.

"ދިޕިކާ އަށް ފިލްމު ވަނީ ހުށަހެޅިފައި. ސްކްރިޕްޓު ކިޔުމަށްފަހު އޭނާއަށް އެފިލްމު ކަމުދާ ކަމަށްވެސް ބުނެފައިވަނީ. އެއީ އެފިލްމުގެ އަންހެން ލީޑަކީ ވެސް ވަރަށް ވަރުގަދަ ރޯލެއް ކަމަށްވާތީ" އެމީހާ ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!