ބޮލީވުޑް

ކަރަން ޖޯހަރް ލައިގެންހުރި ފިޔާތޮށި ކުލައިގެ ހުޑީއަށް އެތައް ބަޔަކު ހިތް ކިޔައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ކާމިޔާބު ފިލްމުތަކެއް އުފައްދާ، މަޝްހޫރު ތަރިންގެ ދަރިން ބޮލީވުޑަށް ތަޢާރަފް ކުރުމުގެ އިތުރުން، ފިލްމު ޕްރޮޑިއުސަރު ކަރަން ޖޯހަރް މަޝްހޫރު ވެފައި ވަނީ ވަރަށް ތަފާތުކޮށް ހެދުން އަޅާ ފަންނާނެއްގެ ގޮތުގައެވެ.

Ads by STELCO

އެގޮތުން ރިއަލިޓީ ޝޯއެއްގެ ޖަޖަކަށް ދިޔަސް، ނުވަތަ ފިލްމުތަކަށް އެވޯޑު ދިނުމުގެ ޙަފްލާ އަކަށް ދިޔަސް ވަރަށް ޖަރީވެލައިގެން ހުންނަ ކަރަން އަކީ އާންމު ދިރިއުޅުމުގައި ވެސް އެހެން މީހުންނާ ތަފާތުކޮށް ހެދުން އަޅާ އުޅޭ މީހެއްކަން ގިނަ ބަޔަކު ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން އިއްޔެ ޝޫޓިންގަކަށް ދާން ކަރަން ޖޯހަރް ތައްޔާރުވެގެން ނުކުތުމުން، އެތައް ބައެއްގެ މޫނުތައް ވަނީ އޭނާއާ ދިމާލަށް އެނބުރިފައެވެ. އެންމެން ވެސް އަޅައިގަތީ އޭނާ ލައިގެން ހުރި ފިޔާތޮށި ކުލައިގެ ހުޑީއަށެވެ.

ފިޔާތޮށި ކުލައިގެ ހުޑީގެ އިތުރުން ކަޅު ކުލައިގެ ޓްރެކް ޕޭންޓްސް އެއް ވެސް ކަރަން ލައިގެން ހުއްޓެވެ.

ކަރަން ޖޯހަރް މިހާރު ތައްޔާރުވަމުން ދަނީ އަނަންޔާ ޕާންޑޭ އާއި ވިޖޭ ދޭވްރަކޮންޑާ ކުޅެފައިވާ ފިލްމު "ލައިގަރ" ރިލީޒް ކުރުމަށެވެ.

  1. އަހަރެން ހިތެއް ނުކިޔާ ހީވަނީ ޕިންކް ޖޫސް ޕެޓީ އެއް ހެން.. ހަހަހަހހަހހ