Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ދުނިޔެ

އިންޑިއާގައި ކޮވިޑް ޖެހިގެން މަންމަ އަަކާއި 4 ދަރިން މަރުވެއްޖެ

އިންޑިއާގައި ކޮވިޑް ޖެހިގެން މަންމަ އަަކާއި 4 ދަރިން މަރުވެއްޖެ

ކޮވިޑް19 ގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި މީހުން ތަފާތު އެކި އެކި ހިތާމަތައް އަންނަނީ ތަހައްމަލުކުރަމުންނެވެ. އެގޮތުން މިއީ ވެސް އެފަދަ ބޮޑު ހިތާމައެއް ކުރިމަތިވި އާއިލާއެކެވެެ.

މި އާއިލާގައި މަންމަ އާއި 7 ދަރިން ތިބޭއިރު މީގެ ތެރެއިން މިހާރު ދުނިޔޭގައި ތިބީ އެންމެ ދެ ކުދިންނެވެ. 14 ދުވަހުގެ ތެރޭގައި 89 އަހަރުގރ މަންމަ އާއި 4 ފިރިހެން ކުދިން ދުނިޔެ ދޫކުރީ ކޮވިޑް ބަލީގައެވެ. 5 ވަނަ ކުއްޖާގެ ވެސް މަރުވެފައިވަނީ ވެސް ހަމަ އެދުވަސްވަރުއެވެ. ނަމަވެސް އޭނާ މަރުވެފައިވަނީ ކެންސަރު ބަލީގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މި އާއިލާގެ މެންބަރުން ކޮވިޑް ޖެހިގެން މަރުވެފައިވަނީ އިންޑިއާގެ އެކި އެކި ސަރަހައްދުތަކުގައި ދިރިއުޅެމުން އަންނަނިކޮށެވެ. އަދި މިއީ އެ އާއިލާއިން ދުވަހަކުވެސް ހީނުކުރާފަދަ ގޮތަކަށް މެދުވެރިކަމެކެވެ.

Advertisement
Ooredoo — Square (box)

މި އާއިލާގައި މި ވަގުތު ދުނިޔޭގައި ތިބީ ދިއްލީ ގައި ދިރިއުޅެމުން އަންނަ އެންމެ ހަގު ފިރިހެން ކުއްޖާ އާއި ކަލްކަތާ ގައި ދިރިއުޅެމުން އަންނަ އަންހެން ކުއްޖާއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް