Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ދީން

ރަސޫލާ(ސޢވ) މުޢާޛުގެފާނަށް އުނގައްނައިދެއްވި މަތިވެރި ދުޢާއެއް ، ނަމާދަށްފަހު މިދުޢާ ދެންނެވުމުގައި ދެމިތިއްބަވާ!

ރަސޫލާ(ސޢވ) މުޢާޛުގެފާނަށް އުނގައްނައިދެއްވި މަތިވެރި ދުޢާއެއް ، ނަމާދަށްފަހު މިދުޢާ ދެންނެވުމުގައި ދެމިތިއްބަވާ!
ދުޢާއަކީ މުއުމިނުންގެ އެންމެ ބޮޑު ހަތިޔާރެވެ. އެއީ އަމާޒުން ކައްސާނުލާނެ ތީރެކެވެ. ޝައްކެއް ނެތް ގޮތުގައި ދުޢާތަކުގެ ތެރެއިން އެންމެ މަތިވެރި ދުޢާ ތަކަކީ ކީރިތި ޤުރުއާނާއި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުންނަތުން ވާރިދުވެގެންވާ ދުޢާތަކެވެ. އެހެންކަމުން މިފަދަ ދުޢާތަކާއި ހަމައެހެންމެ އެ ދުޢާތަކުގައި ބުނެވޭ ބަސްތައް އެނގުމަކީ ދުޢާ ކުރުމުގެ ލައްޒަތު ނުވަތަ ފޮނި މީރުކަން ޙާޞިލް ވާނެ ކަމެކެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘް ބަސްފުޅެއްގައި އައިސްފައިވެއެވެ. وعن معاذ رضي الله عنه أن رسول الله صلى الله عليه وسلم أخذ بيده وقال‏:‏ ‏”‏يا معاذ والله إني لأحبك‏”‏ فقال‏:‏ “‏أوصيك يا معاذ لا تدعن في دبر كل صلاة تقول‏:‏ اللهم أعني على ذكرك، وشكرك، وحسن عبادتك‏“(ރަވާޙް އަބޫ ދާވޫދު) މުޢާޛު ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ، ތިމަންނާގެ އަތްޕުޅުގައި ހިފަހައްޓަވާފައި ޙަދީޘް ކުރެއްވިއެވެ. އޭ މުޢާޛެވެ! ތިމަން ކަލޭގެފާނު ، ކަލޭގެފާނުދެކެ ލޯބިވެ ވަޑައިގަންނަވައެވެ. ކޮންމެ ނަމާދެއް ފަހުގައި މިދުޢާ ވިދާޅުވުމަށް ހަނދުމަފުޅު ނައްތައިނުލައްވާށެވެ. اللَّهُمَّ أَعِنِّي عَلَى ذِكْرِكَ، وَشُكْرِكَ، وَحُسْنِ عِبَادَتِكَ މާނައީ: އޭ ﷲ އެވެ! އިބަ އިލާހަށް ޛިކުރުކުރުމާއި އިބަ އިލާހަށް ޝުކުރުވެރިވުމާއި އިބަ އިލާހަށް ރިވެތިގޮތުގައި އަޅުކަން ކުރުމުގެ މައްޗަށް މިއަޅާއަށް މަދަދު ދެއްވާންދޭވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް