Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

ފިލިޕީންސުން މިދިޔަ އަހަރު ގެއްލުނު ޕައިލެޓް ދިރިހުރިކަމަށް އާއިލާއިން އަދިވެސް ގަބޫލުކުރޭ

ފިލިޕީންސުން މިދިޔަ އަހަރު ގެއްލުނު ޕައިލެޓް ދިރިހުރިކަމަށް އާއިލާއިން އަދިވެސް ގަބޫލުކުރޭ

މިދިޔަ އަހަރުގެ މެއިމަހު ފިލިޕީންސުން ގެއްލުނު ޕައިލެޓް ޓްރޭނީ ، ޢަބުދުﷲ އަލްޝަރީފް ދިރިހުރިކަމަށް ޤަބޫލު ކުރާ ކަމަށް އޭނާގެ ޢާއިލާއިން ބުނެފިއެވެ.

ފިލިޕީންސުން ތަމްރީން ހަދަމުން ދިޔަ ސައުދީ ދަރިވަރު ޢަބުދުﷲގެ ޢާއިލާއިން ބުނީ އެމީހުންނަށް ލިބިފައިވާ މަޢުލޫމާތުގެ އަލީގައި ޢަބުދުﷲ އާއި އިންސްޓަރަކްޓަރ ދަތުރުކުރަމުންދިޔަ ޓްރޭނިން ފްލައިޓް ވެއްޓިފައިނުވާ ކަމަށެވެ. އެހެންކަމުން އެދެމީހުން ދިރިތިބި ކަމަށް ޤަބޫލު ކުރާ ކަމަށެވެ.

އާއިލާއިން ބުނެފައިވަނީ ޢަބުދުﷲގެ މަޢުލޫމާތެއް ހޯދަން ވަރަށް ބޮޑަށް މަސައްކަތް ކުރެވިއްޖެ ކަމަށާއި ނަމަވެސް ، އެއްވެސް ފަރާތަކުން އެކަމަށް އެހީތެރިކަމެއް ލިބިފައިނުވާ ކަމަށެވެ. އަދި ފިލިޕީންސުގެ ކަމާއި ގުޅޭ ފަރާތްތަކުން ، އެ ޙާދިޘާގެ ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭ ކަމަށް އާއިލާއިން ތުހުމަތު ކުރެއެވެ.

Advertisement
Allied Insurance — Square (box)

ޢަބުދުﷲ ދަތުރުކުރަމުން ދިޔަ ޓްރޭނިން ފްލައިޓް ރާޑަރުން ގެއްލިފައިވަނީ އޮކްސިޑެންޓަލް މިންޑްރޯކިޔާ ސަރަޙައްދަކުންނެވެ. އޭނާގެ އާއިލާއިން ވަނީ ޢަބުދުﷲ ހޯދައިދިނުމުގައި އިތުރު މަސައްކަތްތަކެއް ކޮށްދިނުމަށް ސަޢޫދީ އެމްބަސީގައި އެދިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް