ކުރެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑަށް ފައްސިވެއްޖެ
 
                                                    ޅ. ކުރެންދޫ އަށް މާލެ އިން ގޮސް ހޯމް ކަރަންޓީންގައި ހުރި މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ކަރަންޓީނުގައި ހުއްޓާ ކޮވިޑަށް ފައްސިވެފައި ވަނީ ބަގްލަދޭޝް މީހެއް ކަމަށެވެ.
ކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އާއިޝަތު ވިޝާމާއާ ހަވާލާދީ "ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ރަށުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބަންގްލަދޭޝް މީހެކެވެ. އޭނާ ފައްސިވެފައި ވަނީ މިއަދު އެވެ.
މާލެއިން ރަށް ރަށަށް ގޮސް ހޯމް ކަރަންޓީން ވުމުގެ ހުއްދަ ދިނުމާއި، ރާއްޖޭގެ ގިނަ ރަށް ރަށުން މިހާރު ވަނީ ކޮވިޑް ކޭސްތައް ފެނިފައެވެ. އެގޮތުން ބ. އަތޮޅުންނާއި، ނ. އަތޮޅުން ގިނަ ކޭސްތަކެއް ވަނީ ފެނިފައެވެ.
 
Ads by Ooredoo
 
 

 
		
 
		
 
		
 
		
