Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ދުނިޔެ

ޑްރޯންއަކުން ހެރީގެ ދަރިކަލުން އާޗީ ގެ ފޮޓޯ ނެގުމުން ދައުވާކޮށްފި

ޑްރޯންއަކުން ހެރީގެ ދަރިކަލުން އާޗީ ގެ ފޮޓޯ ނެގުމުން ދައުވާކޮށްފި

ޑްރޯން އެއް ބޭނުން ކޮށްގެން ޕްރިންސް ހެރީ އާއި މޭގަން މާކަލްގެ 14 މަސްވީ ދަރިކަލުން އާޗީ ހެރިސަން މައުންޓްބެޓަން-ވިންޑްޒާގެ ފޮޓޯތަކެއް ނެގި މީހެއްގެ މައްޗަށް ދައުވާ ކޮށްފިއެވެ.

މި މީހާގެ މައްޗަށް ދައުވާ ކުރަން ލޮސް އެންޖެލިސްގެ ކޯޓަކަށް ހުށަހަޅާފައިވަނީ ބުރާސްފަތި ދުވަހުއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި އެ ފޮޓޯގްރަފަރު ވަނީ ހެރީގެ ދެކަނބަލުން ދިރިއުޅުއްވާ ގެކޮޅުގެ މަތިން މި ލޮކްޑައުންގެ ތެރޭގައި ޑްރޯން އަރުވައިގެން ފޮޓޯ ނެގި މައްސަލައެއްގައެވެ. އެގޮތަށް ފޮޓޯ ނެގުމަކީ އެ މީހުންގެ ޕްރައިވެސީ އަށް އަރައިގަތުން ކަމަށް ފާހަގަކޮށްފައިވެއެވެ.

Advertisement
Ooredoo — Square (box)

އެފަދަ ގޮތަކަށް ފޮޓޯ ނެގުމަކީ ކެލިފޯނިއާގައި ގާނޫނީ ގޮތުން ވެސް މަނާ ކަމެކެވެ.

އެ ދެމަފިރިންގެ ގާނޫނީ ވަކީލް މައިކަލް ކަމްޕް ވިދާޅުވި ގޮތުގައި ދަރިކަލުންގެ ފޮޓޯ ނެގި މައްސަލާގައި ދައުވާކުރައްވަން ހެރީގެ ދެބަކަނބަކުން ނިންމެވީ އެކަމަކީ ދަރިކަލުންގެ ހިމާޔަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި މިފަދަ ކަންކަން ބަލައި ނުގަނެވޭނެކަމަށެވެ.

ހެރީގެ ދެކަނބަލުން އިނގިރޭސި ޝާހީ އާއިލާގެ ޒިންމާތައް ދޫކޮށްލެއްވުމަށް ފަހު، މިހާރު ދިރިއުޅުއްވަނީ މޭގަންގެ އުފަން ގައުމު އެމެރިކާގެ ލޮސް އެންޖެލިސްގަ އެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް