ދީން

ޙައްޖާއި ދިމާކޮށް ގެފުޅުގެ އުރަކޮޅު މައްޗަށް އުފަލަނީ ކީއްވެކަން އެނގޭތަ؟

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ އަހަރަކު ވެސް ޙައްޖާއި ދިމާކޮށް މާތް ވެގެންވާ ކައުބަތުﷲ ގެފުޅުގެ އުރަކޮޅު ނުވަތަ ކިސްވާ މައްޗަށް އުފުލައެވެ.

Ads by Sosun Fihaara

އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟

ކޮންމެ އަހަރަކު ވެސް ޙައްޖާއި ދިމާކޮށް ގެފުޅުގެ ކިސްވާ، ތިރިން ފެށިގެން މައްޗަށް ވަކި ވަރަކަށް މައްޗަށް އުފުލާލައެވެ. އަދި ކިސްވާގެ ތިރީ ކައިރީގައި ޙައްޖުވެރިންގެ އިޙުރާމު ސިފަވާ ގޮތަށް ހުދު ފޮތި ގަނޑެއް ވެސް ދަމައެވެ.

އާއްމުކޮށް ކޮންމެ އަހަރަކު ވެސް ކިސްވާ ބިމުން ފެށިގެން މައްޗަށް ގާތްގަނޑަކަށް ތިން މީޓަރު މައްޗަށް އުފުލާލަނީ ޛުލްޤައިދާ މަހުގެ 15 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން ޙައްޖުގެ މަތިވެރި އަޅުކަން ނިމެންދެން އެގޮތަށް ކިސްވާ ބަހައްޓައެވެ.

ކިސްވާ މިފަދައިން މައްޗަށް އުފުލަނީ އެންމެ ސަބަބަކާއި ހެދިއެއް ނޫނެވެ. ބައިވަރު ސަބަބުތަކާއި ހެދިއެވެ.

އޭގެތެރެއިންް އެއް ސަބަބަކީ، އާއްމުކޮށް ޙައްޖަށްދާ މީހުންގެ އަދަދު ގިނަވެ ފުރިބާރުވެފައި ހުރުމުގެ ސަބަބުން ގެފުޅުގެ އުރަކޮޅަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމެވެ. ޙައްޖުގެ އަޅުކަން ކުރާއިރު ކިސްވާގައި ބައެއް މީހުން ހިފައިގެން އެލި، ކިސްވާ އިރައިގެން ގޮސްފިނަމަ އެޙައްޖާޖީން ވެސް ވެއްޓި ލިބިދާނެ އަނިޔާއަކުން ސަލާމަތް ކުރުމަށްޓަކައި ގެފުޅުގެ އުރަކޮޅު މީހުންގެ އަތުގައި ނުޖެހޭނެ ވަރަށް މައްޗަށް އުފުލައެވެ.

މީގެއިތުރުންް އެހެން ސަބަބެއް ވެސްް ވެއެވެ. ޙައްޖުގެ އަޅުކަން އަދާކުރަށް ކައުބަތުﷲ ގެފުޅަށް ޙައްޖުމަހު ހުސް މުސްލިމުންް ދިޔަ ކަމުގައި ވިޔަސް، އަޅުގަނޑުމެން މުސްލިމުންގެ މެދުގައި ވެސް ތަފާތު މަޒްޙަބްތަކާއި ކަންކަމުގައި ޤަބޫލުކުރާ ޤަބޫލުކުރުންތައް ވެސް ތަފާތުވާ ފަހަރު އާދެއެވެ. މިފަދަ ކަންކަން އެންމެ ގިނައިން ފެނިފައިވަނީ ވެސް ޙައްޖުގެ އަޅުކަން އަދާކުރާއިރުގައެވެ. އެގޮތުން ބައެއް މީހުން އެމީހުން އޮޅައިގެން ހުންނަ އިޙުރާމު ފޮށާ ވެސް ނަގާފައި ގެފުޅުގައި އުނގުޅައެވެ. އަނެއް ބަޔަކު ގެފުޅުގައި ހިފަހައްޓައިގެން ހުރެ، ގެފުޅުގައި ބޯތަޅައެވެ. މިފަދަ ކަންކަމަކީ އެއްވެސް ގޮތަކަށް ކުރުން ހުއްދަ ކަމެއް ނޫނެވެ.

ގެފުޅުގެ އުފަކޮޅު މައްޗަށް އުފުލުމުގެ އަނެއް ސަބަބަކީ ބައެއް މީހުން އުރަކޮޅާއިމެދު ދެކެމުން ގޮތެވެ. އެއްބަޔަކު ޙައްޖުގެ އަޅުކަން އަދާކުރުމަށް ދަނީ ކަތުރުފަދަ ތަކެތި ހިފައިގެނެވެ. އަދި ގެފުޅު އަރިހަށް ގޮސް، ކަތުރުން ކިސްވާގެ ބައިބައި ކަފައިގެން ހިފައިގެން ދެއެވެ. އެމީހުން ދެކޭ ގޮތުގައި ކިސްވާގެ ބައެއް އެގޮތަށް ހޯދައިގެން ދިޔުމަކީ ވަރަށް މާތް ކަމެކެވެ. މިފަދައިން ދެކޭ މީހުން ، މާކަރާއި އެއްޗެއްހި ހިފައިގެން ގޮސް ކިސްވާގައި އެމީހުންގެ ނަމާއި، ބައެއް ފަހަރު އެމީހުންގެ މުޅި އާއިލާގެ ނަންވެސް ލިޔެއެވެ. އެއީ ވެސް އެމީހުން "ބަރަކާތް ހޯދުމަށް" ކަމަށް ބުނެ ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މިފަދަ ކަންތައްތަކަކީ ބޮޑުވެގެންވާ ބިދުޢަތަކެކެވެ. އަދި މިއީ އިސްލާމް ދީން ހުއްދަ ކުރާ ކަމެއް ނޫނެވެ. މިފަދަ ސަބަބާއި ހެދި ވެސް ޙައްޖާއި ދިމާކޮށް ގެފުޅުގެ ކިސްވާ މައްޗަށް އުފުލައެވެ.

ޙައްޖުގެ އަޅުކަމުގެ ތެރޭގައި ފެންނަ އެހެން ކަމެއް ވެސް ވެއެވެ. އެއީ ޙަޖަރުލްއަސްވަދު ގައި ބޮސްދިނުމަށް އެކަކު އަނެކަކަށް ބެލުމެއް ނެތި، އެކަކު އަނެކަކު ކޮށްޕާ ގަޅުވަމުން އުޅޭ މަންޒަރެވެ. އަނެކާއަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް ބެލުމެއް ނެތި ބައެއް މީހުން މިފަދައިން އުޅެމުން ދެއެވެ. އުމަރު ރަޟިއަﷲ އަންހް ވިދާޅުވެފައިވެއެވެ.

"ހައްޖަރުލް އަސްވަދަކީ ހިލައެކެވެ. އެއަކަށް އެއްވެސް މީހަކަށް ގެއްލުމެއް ނުވަތަ ފައިދާ އެއްވެސް ނުދެވޭނެއެވެ"

މަސްދަރު: ޕީއެސްއެމް ނިއުސް

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!