ފޮޓޯ ސްޓޯރީ

ރައީސް ޞާލިޙު މާދަމާ ޤައުމާ މުޚާތަބު ކުރައްވާނެ

ދެން އެމްވީ ، ދެން އޮންލައިން

މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު މާދަމާ ޤައުމާއި މުޚާތަބު ކުރައްވާނެއެވެ.

ރައީސް ޞާލިޙު ޤައުމާއި މުޚާތަބު ކުރެއްވުން އޮތީ މާދަމާ ހެނދުނު 10:00 ގައެވެ.

ރާއްޖޭގެ މިނިވަން ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 6:00 ގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ދިދަ ނެގުމުގެ ރަސްމިއްޔާތު މާލޭގައި އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ. އަދި ރަށްރަށުގައި ދިދަ ނެގުން އޮންނާނީ އެ ރަށެއްގައި ހުރި ސަރުކާރުގެ އެންމެ އިސް އިދާރާއެއްގައެވެ.

މިނިވަންދުވަހުގެ މުނާސަބަތުގައި ކޮންމެ އަހަރަކު ވެސް ބާއްވަމުން ގެންދާ ހަރަކާތްތައް މި އަހަރު ނުބާއްވާ ގޮތަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!