Saturday, 31 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

ގޭގެއަށް ވަދެ އަންހެނުންގެ ޖަނގިޔާތަކެއް ވީދި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

ގޭގެއަށް ވަދެ އަންހެނުންގެ ޖަނގިޔާތަކެއް ވީދި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް

އަންހެނުން ކުރާ ފުރައްސާރަ އާއި ޖިންސީ ގޯނާ ތަކުގެ ވާހަކައަކީ ހުއްޓުމެއް ނެތް ވާހަކައެކެވެ. މި ވާހަކަތައް ހުއްޓުވެން އޮތީ މި ފަދަ އަމަލުތައް ކުރާ މީހުނަށް އަދަވު ދެވިގެންނެވެ.

ޖިންސީ ގޯނާގެ މައްސަލަތައް ގިނަ އަވައްޓެރި އިންޑިއާގައި ދާދި ފަހުން މި ވަނީ ގޭގެއަށް ވަދެ އަންހެނުންގެ ޖަނގިޔާ ވީދަމުން އައި މީހެއް ހައްޔަރުކޮށްފައެވެ. މި މީހާ ހައްޔަރު ކޮށްފައިވަނީ ތަކުރާރު ކޮށް އަންހެން ކުދިންގެ ފްލެޓުތަކަށް ވަގަށް ވަދެ، ޖަނގިޔާ ފަދަ އެތެރެއިން ލާ އެއްޗެހި ވީދާ ހަލާކު ކުރަމުން އަންނަނިކޮށް އަވައްޓެރިންގެ އެހީއާއެކުގައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި 26 އަހަރުގެ މި ފިރިހެން މީހާ ގޭގެއަށް ވަންނަނީ މީހުން ނިދާފައި ތިބޭ ވަގުތުގައެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ބުނި ގޮތުގައި މި މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހަކީ މިފަދަ ޖިންސީ ގޯނާގެ އިތުރު މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެއްވެސް މެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް