އެމްޑީއެން އާއި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަނެއްކާވެސް ގޮވާލައިފި
އިސްލާމްދީނާށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓު ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަދި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް މަދަނީ ޖަމިއްޔާތަކުން އަނެއްކާވެސް ގޮވާލައިފިއެވެ.
ރާއްޖޭގައި އިސްލާމީ ޝަރީއަތްތަކާ އިސްލާމީ ގާނޫނުތަކާ ފުށޫއަރާ ގޮތަށް އެމްޑީއެންއިން އިން ނެރުނު ރިޕޯޓަށް އުތެމަ ނަމަކަށް ކިޔާ ޖަމިއްޔާއަކުން ތާއީދު ކުރުމާއި ގުޅިގެން މިއަދު މަދަނީ ޖަމިއްޔާތަކުގެ ގުޅުމުން ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޖަމިއްޔާތައް ތަމްސީލްކުރައްވާ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ވިދާޅުވީ ރާއްޖޭގައި އިސްލާމީ ޝަރީއަތްތަކާ އިސްލާމީ ގާނޫނުތަކާ ފުށޫއަރާ ގޮތަށް އެއްވެސް ބަޔަކު އެއްވެސް ނަމެއްގައި އުފުލައިފިއްޔާ ދިވެހިންގެ ވަހުދަތު ގެއްލި ހަލާކުވެގެން ހިނގައިދާނެކަމަށެވެ.
އެކަންބޮޑުވުން އޮތުމާއެކު އޭނާ ވަނީ އެމްޑީއެން އަދި އުތެމައިގެ މުވައްސިސުންނަށް ގާނޫނީ ފިޔަވަޅު އަޅުއްވައި ދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.
މަދަނީ ޖަމިއްޔާތަކުންމއެމްޑީއެން އަދި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލާފައިވާއިރު، ދާދިފަހުން ރާއްޖޭގެ 30 ޖަމިއްޔާއަކުން ވަނީ އުތެމަ ޖަމިއްޔާއާ ދެކޮޅަށް ބަޔާނެއް ވެސް ނެރެފައެވެ.