އިދިކޮަޅުގެ "އެންމެން އެއް އަޑަކުން" މުޒާހަރާ ފަށައިފި
![](https://dhen.mv/wp-content/uploads/2020/08/Su07WRzSWdKzUXs-850x548.jpg)
އިދިކޮަޅު ޕްރޮގްރެސިވް ކޯލިޝަނުން އިންތިޒާމު ކޮށްގެން ކުރިއަށްދާ "އެންމެން އެއް އަޑަކުން" މުޒާހަރާ މިރޭ ވެސް ފަށައިފިއެވެ.
މާލޭގެ އެކި މަގުތަކުގައި މިމުޒާހަރާގެ ބައިވެރިން އަންނަނީ ޝުއޫރުފާޅު ކުރަމުންނެވެ.
އިދިކޮޅުން ކުރިއަށް ގެންދާ މިމުޒާހަރާގައި ޕްރޮގްރެސިވް ކޯލިޝަން (ޕީޕީއެމް/ޕީއެންސީ) ލީޑާޝިޕްގެ އިސްފަރާތްތައް ވެސް ބައިވެރިވާކަން ވަނީ ފާހަގަ ކުރެވިފައެވެ.
މުޒާހަރާގެ ބައިވެރިން މިރޭ ވެސް ގޮވާލަމުން ގެންދަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު އިސްތިއުފާ ދެއްވުމަށެވެ.