ކޮވިޑް ޓެސްޓު ނަތީޖާ ލިބުން ލަސްވެ މީރާ ރަތަށް
ޕީސީއާރު ޓެސްޓުގެ ނަތީޖާ ލިބުން ލަސްވާތީ ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއްބަޔަކީ ފަންނާނުންނެވެ. ހާއްސަކޮށް ފްރީލާންސް މިއުޒިޝަނުންނާއި މަސައްކަތް ކުރުމަށް ރިސޯޓުތަކަށް ގޮސް އުޅުނު ފަންނާނުންނަށް މަގު ބަންދުވިއެވެ. ރިސޯޓުތައް އަލުން ހުޅުވި ނަމަވެސް ރިސޯޓަށް ދާ ކޮންމެ ފަހަރަކު ނަތީޖާ ނައްސި ޕީސީއާރު ޓެސްޓެއް ބޭނުންވެއެވެ.
މިކަންކަމަށް އިޝާރާތްކޮށް ހެލްތް ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ) އާއި ހެލްތް މިނިސްޓަރުގެ އިތުރުން އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް މައިމޫނާ އަބޫބަކުރު ޓެގްކޮށް މީރާ ކުރި ޓްވީޓުތަކެއްގައި ބުނީ ކޮންމެ ހަފްތާ އަކު 2-3 ފަހަރު ރިސޯޓަށް ދާން އެ މީހުން ޓެސްޓު ހަދާ ކަމަށާއި ކޮންމެ ފަހަރަކު ވެސް ނަތީޖާ ލިބުން އެހާ ލަސްކަމަށެވެ.
އަދި ނަތީޖާ ނުލިބި ލަސްވުމުގެ ސަބަބުން ދާން ބޭނުންވާ ދުވަހަށް ނުދެވި ބައެއް ގިގްތައް ވެސް ކެންސަލް ވާ ކަމަށް މީރާ ބުނެފައވެއެވެ.
މީރާ ވަނީ އެޗްޕީއޭގެ ފަރުވާކުޑަކަމުން ގިގްތައް ގެއްލުމުން ގެއްލުން ވަނީ ކާކަށްތޯ ސުވާލުކޮށްފައެވެ.
މީގެ އިތުރުން ޓެސްޓުގެ ނަތީޖާ ނުލިބިގެން ޝަކުވާ ކުރުމުން ދައްކަނީ އެއްވެސް ތާކުންތާކު ނުޖެހޭ ބަހަނާކަން ފާހަގަކޮށް މީރާ ވަނީ ކަމާ ބެހޭ ފަރާތްތަކުން ހޭލައި އެ މީހުންގެ ޒިންމާ އަދާކުރުމަށް ގޮވާލާފައެވެ.
ކޮވިޑާ ގުޅިގެން ރިސޯޓްތައް ބަންދު ކުރުމުން މިއުޒީޝަނުންނަށް އާމްދަނީގެ މަގު ބަންދުވެގެން ދިޔައެވެ. ނަމަވެސްސަރުކާރުން ވަޒީފާ ނެތް މީހުންނަށް ދިން އިންކަމް ސަޕޯޓް އެލަވަންސް ، ފަންނާނުންނަށް ނުލިބޭތީ ގިނަ ފަންނާނުން އެކަމާ ނުރުހުން ފާޅުކޮށްފައި ވެއެވެ.
ޓާރކީ ކާލާ ……. ބޯލާަ ހަދަން ދާން ލަސްވާތި ރަތަށް އެރި ދޯ.
އާއެކޭ