ބޮލީވުޑް

ކެޓްރީނާގެ ބިޒީ ޝެޑިއުލަށް "ޓައިގަރ 3 "ވެސް އިތުރުވެއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ބޮލީވުޑްގައި މިވަގުތު އެންމެ ބިޒީ ޝެޑިއުލެއްގައި މަސައްކަތް ކުރަމުން ދަނީ ކެޓްރީނާ ކެއިފްއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރޯހިތު ޝެޓީގެ "ކޮޕް ޑްރާމާ" ސޫރިޔަވަންޝީގެ މުހިންމު ރޯލެއް ނިންމައިލުމަށް ފަހު ބިރުވެރި ކޮމިޑީ "ފޯން ބޫތު"ގެ މަސައްކަތް ކުރިއަށް އަދި ޝެޑިއުލްގައި އޮތްކަމަށް ކެޓްރީނާ ބުނެއެވެ.

Ads by MWSC

ކޮވިޑް19 ގެ ސަބަބުން އިންޑިޔާގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން މަސައްކަތްތައް މަޑުޖެހިލައިފައިވީ ނަމަވެސްް ފިޔަވަޅުތަކަށް ލުއި ދިނުމާއެކު ޓައިގަރ 3ގެ ޝޫޓިން ޓީމާ ކެޓްރީނާ ގުޅޭނެކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ ކުރިން ނުކުމެފައިވާ "އޭކް ތަ ޓައިގަރ" އަދި "ޓައިގަރ ޒިންދާހޭ" ގައި ފެނުނު ފަދައިން "ޓައިގަރ 3"ގައިވެސް ކެޓްރީނާ ފެނިގެންދާނީ އެކްޝަން ސީން ތަކުންކަމުގައި މައުލޫމާތު ލިބެއެވެ.

ކާމިޔާބު އެތައް ފިލްމްތަކެއްގަައި ތަފާތު ކެރެކްޓާތަކެއް ދައްކުވައިލައިފައިވާ ކެޓްރީނާ އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ ފިލްމް "އަންގްރޭސީ މީޑިއަމް" އިންނެވެ. ބޮކްސް އޮފީހުގެ ޗާޓުގެ 7 ވަނައިގައި އޮތް މިފިލްމަށް 14 ކުރޯޑް ރުޕީސް ވަނީ ލިބިފައެވެ.

2003 ވަނަ އަހަރު ފިލްމް "ބޫމް" އިން ބޮލީވުޑަށް ތައާރަފްވި ކެޓްރީނާގެ ކާމިޔާބު ފިލްމްތަކުގެ ތެރޭގަައި "ޖަބްތަކް ހޭ ޖާން" "ޒީރޯ" އަދި "މޭރީ ބްރަދާކީ ދުލްހަން" ހިމެނެއެވެ.

މީގެ އިތުރުން ވެސް ފިލްމް "އަގްނީޕަތު"ގެ އައިޓަމް ލަވަ "ޗިކްނީ ޗަމޭލީ" އަދި "ތީސް މާރ ހާން"ގެ "މައި ނޭމް އިޒް ޝީލާ" އަކީ އޭނާގެ ފާހަގަކޮށްލެވޭ ލަވަތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!