މެދުއިރުމަތި ލައިފްސްޓައިލް

ފަލަސްތީނަށް އެހީވާން ކެޑާގެ ޗީފް މިނިސްޓަރ ކާރުކޮޅު ވިއްކަވައިލެއްވުން ، ފުޅާވެގެން ދިޔަ ރިވެތި ޞަދަޤާތެއް!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޓަކައި މެލޭޝިއާ ކެޑާ ސްޓޭޓްގެ ޗީފް މިނިސްޓަރ މުޙައްމަދު ސަނޫސީގެ އަމިއްލަ ކާރުކޮޅު ވިއްކައިލައްވައިފިއެވެ.

Ads by STELCO

މެލޭޝިއާގެ ހުޅަނގު އުތުރަށް އޮންނަ ކެޑާގެ ޗީފް މިނިސްޓަރުގެ މި އަމަލަށް ޓަކައި އެތައް ބައެއްގެ ލޯތްބާއި ތަޢުރީފް އޭނާއަށް ލިބިގެން ގޮސްފައިވެއެވެ. އަދި ޗީފް މިނިސްޓަރ މުޙައްމަދުގެ މި ޞަދަޤާތުގެ ކަންކަން ހިނގައި ދިޔަ ގޮތުން މި ހާދިސާއަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.

ވޮލްވޯ ބްރޭންޑްގެ އެ ކާރު މުޙައްމަދު ގަނެފައި ވަނީ މީގެ ދެ އަހަރު ކުރީންނެވެ. އޭރު އަދި އެ މަނިކުފާނަށް ޗީފް މިނިސްޓަރުކަން ލިބިވަޑައެއް ނުގަންނަވައެވެ. އެ މަނިކުފާނު އެ ކާރު ބައްލަވައިގަތީ 14000 ޑޮލަރަށެވެ.

މުޙައްމަދު ވިދާޅުވީ އެއީ އޭނާ ވަރަށް ލޯބިވާ ކާރެއް ކަމަށާއި ނަމަވެސް ފަލަސްތީނަށް އެހީވާން މާ ބޮޑަށް ބޭނުންވާ ކަމަށެވެ.

އަހަރެން މި ކާރު ދެކެ ވަރަށް ލޯބިވޭ ، އެކަމަކު ފަލަސްތީނު ރައްޔިތުންދެކެ އެއަށްވުރެ ބޮޑަށް ލޯބިވޭ

ކާރު ވިއްކަވައިލައްވަން އާންމު ކުރެއްވުމާއެކު ވިއްސަށް ވުރެ ގިނަ މީހުން ކާރު ގަތުމުގެ ޝައުގުވެރިކަން ފާޅު ކުރިއެވެ. އެންމެފަހުން ކާރު ވިއްކަވައިލެއްވީ ގަތް އަގަށްވުރެ ދެގުނަ ބޮޑުކޮށް 36000 ޑޮލަރަށެވެ.

މުޙައްމަދުގެ އަމިއްލަ ކާރުކޮޅު

މި ޞަދަޤާތުގެ ރިވެތި ވާހަކަ އަދި ފެށެނީ މި ހިސާބުންނެވެ. ދެ ގުނަ ބޮޑުކޮށް ނަމަވެސް އެ ކާރު ގަންނަން ފުރުސަތު ލިބުނު މުޙައްމަދު ޔަޢުޤޫބު ހުރީ އެކަމާ ނުހަނު އުފަލުންނެވެ. އޭނާ ބުނީ މިނިސްޓަރުގެ ކާރުކޮޅު ވިއްކަވައިލައްވަނީ ފަލަސްތީނަށް އެހީވެލެއްވުމަށް ކަމުގައި ވާނަމަ ފަލަސްތީނުގެ ރައްޔިތުންނަށް ޓަކައި ބޮޑު އަގުގައި ނަމަވެސް އެ ކާރު ގަތުމަށް ތައްޔާރު ކަމަށެވެ.

ބޮޑު އަގުގައި ކާރު ގަނެ މުޙައްމަދު ޔަޢުޤޫބު އެ ޞަދަޤާތުގައި ބައިވެރިވެ އެ ހިސާބުން ވެސް އޭނާ ނިންމީ ކާރު ބޭނުން ކުރުމުގެ ބަދަލުގައި އެ ޞަދަޤާތް ފުޅާ ކުރާށެވެ. އެގޮތުން އޭނާ ވަނީ ދީނީ ދަޢުވަތު ދޭ މެލޭޝިއާގެ އިސްލާމީ ޖަމާޢަތަކަށް ކާރު ހަދިޔާ ކުރަން ނިންމައިފައެވެ.

Ads by Allied Insurance
  1. ހިލަބެ

    މާޝާﷲ މިޞަދަޤާތުގައި ބަރަކާތްލައްވާށި އާމީން …..