އިމާމުގެ ކަންބޮޑުވުން: ނިދާ މީހުންނާއި ވައްކަން ގިނަ، ކޮންމެ ފަހަރަކު ރިޕޯޓް ކުރަން

ޖަލާލުއްދީން މިސްކިތުގައި ނިދާ މީހުންގެ އިތުރުން ވައްކަން ވެސް ގިނަ ކަމަށާއި ކޮންމެ ފަހަރަކު ވެސް އެ ކަންތައްތައް ފުލުހުންނަށް ރިޕޯޓް ކުރާ ކަމަށް އެ މިސްކިތުގެ އިމާމު ވިދާޅުވެއްޖެއެވެ.
އެ މިސްކިތުގެ އިމާމު އަބްދުﷲ ރަޝީދު "ދެން"އާ ވާހަކަ ދައްކަވަމުން ވިދާޅުވީ އެ މިސްކިތުގައި މީހުން ނިދާތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި އެ މީހުން ނިދައިފައި ތިބެނީ ގިނަ ފަހަރަށް އައުރަ ނިވާ ނުވާ ފަދަ ސޯޓު ބުރި ފަދަ އެއްޗެހި ލައިގެން ކަމަށް ވެސް އޭނާ ކިޔައިދެއްވިއެވެ.
"އަޅުގަނޑަކަށް ނޭނގެ އެކަން ނުހުއްޓުވިގެން އެ އުޅެނީ ކީއްވެގެން ކަމެއް، ފަހަރުގައި ވެދާނެ އެ ކަން ހުއްޓުވޭނެ ގާނޫނެއް ނެތީ ކަމަށް. އެހެން ނަމަވެސް ކޮންމެ ފަހަރަކު ވެސް ފުލުހުންނަށް ގުޅީމަ އެ ބޭފުޅުން ވަރަށް ބޮޑަށް އެއްބާރުލުން ދެއްވާ" އަބްދުﷲ ކިޔައިދެއްވިއެވެ.
ޖަލާލުއްދީން މިސްކިތުގައި ގިނަ ރޭރޭ ގާތްގަނޑަށް ފަސް ވަރަކަށް މީހުން ނިދައިފައި ތިބެއެވެ. އަދި އަބްދުﷲ ކިޔައިދެއްވި ގޮތުގައި އޭނާ ކޮންމެ ރެޔަކު ވެސް މިސްކިތަށް ދިއުމަށްފަހު ބަންގި ގޮވުމުގެ ކުރިން އެ މީހުންނަށް ގޮވުމަށްފަހު ބަންގި ގޮވާ ވަގުތު ޖެހުނީ ކަމަށާއި އަވަހަށް ވުޟޫ ކޮށްލައިގެން ނަމާދަށް އައުމަށް ބުނާ ކަމަށެވެ. ނަމާދު ކޮށް ނިމިގެން ފައިބާއިރު ވެސް އެ މީހުން ތިބޭ ނަމަ މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގުޅާ ރިޕޯޓް ކުރާ ކަމަށެވެ.
"އަންހެނުން ނަމާދު ކުރާ ބައިގަ ތިބޭނެ ގާތްގަނޑަކަށް 5 ވަރަކަށް މީހުން ނިދާފަ. ދެން އަޅުގަނޑަކަށް ނުބުނެވޭނެތާ ދާށެކޭ މިސްކިތުން. އަޅުގަނޑު ރިޕޯޓް ކުރަން ބަރާބަރަށް ޕޮލިސް ސާވިސްއަށް" އޭނާ ކިޔައިދެއްވިއެވެ.
މީގެ އިތުރުން އޭނާ ފާހަގަ ކުރެއްވީ ޖަލާލުއްދީން މިސްކިތުގައި ފާއިތުވެދިޔަ ރަމަޟާން މަހު ވެސް ގިނަ ވައްކަންތަކެއް ކުރިކަމަށެވެ. އަބްދުﷲ ވިދާޅުވީ މީގެ ދެތިން ދުވަހެއް ކުރިން ވެސް ތިން ފެން ކޭސް އެ މިސްކިތުން ވަގަށް ނަގައިފައިވާ ކަމަށެވެ. އަބްދުﷲ ވިދާޅުވީ ވައްކަން ކުރުމުން ވެސް އޭނާ ކޮންމެ ފަހަރަކު ވެސް ސިޓީ ކައުންސިލަށާއި މިނިސްޓްރީއަށް އެކަން ރިޕޯޓް ކުރާ ކަމަށެވެ.
މިސްކިތުގައި އެ މީހުން މަސްތުވާތަކެތި ބޭނުން ކުރޭތޯ ސުވާލު ކުރުމުން އަބްދުﷲ ވިދާޅުވީ އޭނާއަށް އެ މަންޒަރު ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އެ މިސްކިތަށް އަރާ މީހުން އޭނާގެ ގާތުގައި އެތަނުގައި ނިދާ އުޅޭ މީހުން ފާހާނާއަށް ވަދެ ވަރަށް ގިނައިރު ވާކަމަށް ކިޔައިދޭ ކަމަށް އޭނާ ކިޔައިދެއްވިއެވެ.
ޕޯސްޓާއެކު އޭނާ ހިއްސާ ކުރި ފޮޓޯ[/caption]
ޑްރަގް ފޮރުވަނީ ޚަތިމް ތެރޭގައި!
"ގޮސް ގޮވާލީމަ ނުކުންނަމުން ޚަތިމް ހާވާލައިފައި ޕެކެޓެއް ނަގައިގެން ދިޔައީ. މިހާރު ރިޕޯޓު ކުރާވަރުން ފުލުހުން އަންނާތީ ސާމާނުކޮޅު ހުންނަނީ ޚަތިމް ތެރޭ ފޮރުވާފައި،" މިއީ މިއަދު ފޭސްބުކްގައި މީހަކު ކޮށްފައިވާ ޕޯސްޓެކެވެ. މި ސްޓޭޓަސްއާ އެކު އޭނާ ވަނީ އެތަނުގައި ނިދައިފައި ތިބި ދެމީހެއްގެ ފޮޓޯ ވެސް ހިއްސާ ކޮށްފައެވެ. އެ ފޮޓޯއިން ފެންނަ ގޮތުގައި އެމީހުން ގެންގުޅޭ ލައިޓަރު އޮތީ އެތަނުގައި ކާޕެޓު މަތީގައި ބާއްވައިފައެވެ. އެ މިސްކިތަށް އާންމުކޮށް ގޮސް އުޅޭ މީހަކު "ދެން"އާ ވާހަަކަ ދައްކަމުން ބުނީ އެތަނުގައި މީހުން ނިދާ އުޅޭތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އެގޮތުން 2019ވަނަ އަހަރުން ފަށައިގެން އެއީ ހިނގަމުން އަންނަ ކަމެއް ކަމުގައި އޭނާ ކިޔައިދިނެވެ. މީގެ އިތުރުން މިސްކިތުގެ ފާހާނާއިން ފެން ވަރައި، ވުޟޫކުރާ ތަނުގައި އަތް ދޮންނަށް ބަހައްޓައިފައި ހުންނަ ސައިބޯނި ފުޅިން ހެދުން ދޮވެ ހެދުމަކީ އާންމު ކަމެއް ކަމުގައި އޭނާ ކިޔައިދިނެވެ. އަދި މިސްކިތުގެ އަންހެނުން ނަމާދު ކުރަން ޚާއްސަ ކޮށްފައިވާ ތަނުގައި ކައިބޮއެ ހަދާ ކަމުގައި ވެސް އޭނާ ކިޔައިދިނެވެ. [caption id="attachment_96206" align="alignnone" width="1007"]
ޕޯސްޓާއެކު އޭނާ ހިއްސާ ކުރި ފޮޓޯ[/caption]






ކޮމެންޓް