12 އަހަރުގެ ޖައްބާރު ވެރިކަމަށް ފަހު ނަތަންޔާހޫއަށް ބޮޑުވަޒީރުކަން ގެއްލިއްޖެ

އިސްރާއީލުގެ ބޮޑު ވަޒީރު ކަމުގައި 12 އަހަރު ހޭދަ ކުރި ބެންޖަމިން ނަތަންޔާހޫއަށް އެ މަގާމު ގެއްލިއްޖެއެވެ.
ނަތަންޔާހޫ އަށް އިސްރާއީލުގެ ބޮޑު ވަޒީރުކަން ގެއްލުނީ، އެ މަޤާމުން އޭނާ ދުރުކޮށް އިސްރާއީލުގައި ކޯލިޝަން ސަރުކާރެއް އުފެއްދުމަށް އެ ޤައުމުން ޕާލިމެންޓުން ނިންމުމުންނެވެ.
އެގޮތުން އިސްރާއީލުގައި ކޯލިޝަން ސަރުކާރެއް ގާއިމު ކުރަން ފެނޭތޯ މިއަދު ނެގި ވޯޓުން 60 މެންބަރުން ވޯޓް ދީފައި ވަނީ ސަރުކާރު ޤާއިމް ކުރަން ފެންނަ ކަމަށެވެ. އަދި ސަރުކާރު އުފައްދަން ނުފެންނަ ކަމަށް ވޯޓް ދީފައިވަނީ 59 މެންބަރުންނެވެ.
ނަތަންޔާހޫގެ ޖައްބާރު ވެރިކަން ނިމުމަކަށް ގެނެސް، ކުރިއަށް އޮތް ދެ އަހަރު އިސްރާއީލުގެ ބޮޑު ވަޒީރުކަން ކުރެއްވުމަށް ހަމަޖެހިފައި ވަނީ ކަނާތު ފިޔައިގެ ނޭޝަނަލިސްޓް, ޔަމިނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓްއެވެ. ނަފްތާލީ އިސްރާއީލުގެ ބޮޑުވަޒީރު ކަމުގައި ހުންނަވާނީ 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހާ ހަމައަށް ކަމަށާއި އެއަށް ފަހު ދެ އަހަރު ވަންދެން ވެރިކަމާއި ހަވާލުވެ ވަޑައިގަންނަވާނީ ޔެޝް އަތީދްގެ ލީޑަރު ޔައިރް ލިޕިޑް ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި ނަތަންޔާހޫ ދެން ހުންނާނީ އިދިކޮޅު ލީޑަރުގެ ގޮތުގައެވެ. އަލަށް އުފެދުނު ކޯލިޝަން ސަރުކާރާ ބެހޭ ގޮތުން އޭނާ ބުނީ، އެއީ މަކަރުން ފުރިގެންވާ ނުރައްކާތެރި ކޯލިޝަނެއް ކަމަށެވެ.
https://dhen.mv/94178



ކޮމެންޓް