ދުނިޔެ

ސްޕެއިންގައި ވެސް މާސްކް އެޅުން ނިމުމަކަށް!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

ސްޕެއިންގައި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން ނިންމަވައިފައިވާ ކަމަށް އެޤައުމުގެ ބޮޑު ވަޒީރު ޕެޑްރޯ ސެންޗޭޒް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ވެރިރަށް ބާސެލޯނާގައި އޮތް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަމުން ބޮޑު ވަޒީރު ވިދާޅުވީ، މިމަހުގެ 26 ވަނަ ދުވަހުން ފެށިގެން މާކްސް އެޅުން މަޖުބޫރު ނުވާނެ ކަމަށެވެ.

"މިއީ މާސްކް އަޅައިގެން އުޅެން ޖެހޭ އެންމެ ފަހު ހަފްތާ. ރައްޔިތުން ދެއްވި އެއްބާރުލުމަށް ފަށްފަށުން ޝުކުރު" ބޮޑު ވަޒީރު ވިދާޅުވީ 24 ވަނަ ދުވަހު އޮންނަ ޤާނޫން ހަދާ މަޖިލީހުގެ ޖަލްސާގައި މާސްކް އެޅުން މަޖުބޫރު ކުރަން ނިންމި ނިންމުން ބާތިލު ކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން 6 އަހަރުން މަތީގެ މީހުން ސްޕެއިންގައި މާސްކް އެޅުމާއި ގައިދުރު ކުރުން ވަނީ މަޖުބޫރުކޮށްފައެވެ. ސްޕެއިނުން މާކްސް އެޅުން މަޖުބޫރު ނޫން ކަމަށް ނިންމައިފައި ވަނީ އަވަށްޓެރި ފްރާންސްއިން ވެސް މި ގޮތަށް ނިންމައިފައިވާ ދަނޑިވަޅެއްގައެވެ.

ސްޕެއިންގައި މާސްކް އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން ނިމުމަމަކަށް ގެންނަން ނިންމި ނަމަވެސް އެ ޤައުމުގައި ކޮވިޑް-19 ޑެލްޓާ ވޭރިއަންޓް ފެތުރިދާނެ ކަމުގެ ބިރު އެބައޮތެވެ. އެހެން ނަމަވެސް މިހާރު އެ ޤައުމުގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅުކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްޕެއިންގައި އުމުރުން 50 އަހަރުން މަތީގެ އާބާދީގެ 90 އިންސައްތަ މީހުންނަށް ވަނީ ކޮވިޑް-19 ވެކްސިން ދީފައެވެ. އެޤައުމުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު ވެސް ވަނީ ބޮޑު ތަނުން ދަށްވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!