ދުނިޔެ

އިންޑިއާ ވޭރިއަންޓަށް ވުރެ ނުރައްކާތެރި ވޭރިއަންޓެއް އަނެއްކާ ވެސް އިންޑިއާއިން ފެނިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިންޑިއާގައި މިހާރު ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ "އިންޑިއާ ވޭރިއަންޓު" (ޑެލްޓާ ވޭރިއަންޓް)އަށް ވުރެ ނުރައްކާތެރި ވޭރިއަންޓެއް ފެތުރެމުން އެބަދެއެވެ.

Ads by WAMCO

އެ ޤައުމުގެ ސިއްޙީ ވުޒާރާތަކުން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި މި އާ ވޭރިއަންޓުގެ 40 ވޭދަނަ މިހާރު ވެސް އިންޑިއާއިން ވަނީ ފެނިފައެވެ. މިއީ މިހާރު ފެތުރެމުންދާ ވޭރިއަންޓު މިއުޓޭޓްވެގެން އުފެދިފައިވާ ވޭރިއަންޓެއް ކަމަށް ސިއްހީ މާހިރުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.

އިންޑިއާގައި "ޑެލްޓާ ޕްލަސް"ގެ ނަމުން ނަން ދީފައިވާ ކޮވިޑްގެ މި އާ ވޭރިއަންޓު ފެތުރެމުންދާކަން، އެންމެ ފުރަތަމަ ރިޕޯޓުކޮށްފައި ވަނީ އިންގްލެންޑުގެ ޕަބްލިކް ހެލްތު ބުލެޓިނުން މި މަހުގެ 11 ވަނަ ދުވަހުގައެވެ.

ސައިންޓިސްޓުން ވަނީ، މި ވޭރިއަންޓަކީ ކުރީގެ ވޭރިއަންޓުތަކަށް ވުރެ އަވަހަށް ފެތުރޭ ވޭރިއަންޓެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅު ކޮށްފައެވެ.

އިންޑިއާގެ މަޝްހޫރު ވައިރޮލޮޖިސްޓެއް ކަމުގައިވާ ޝާހިދު ޖަމީލް ބުނީ، އަލަށް ފެތުރޭ މި ވޭރިއަންޓުން، ވަރަށް ގިނަ އެންޓިބޮޑީސްގެ ބާރު ދަށްކޮށްލައި ކަމަށެވެ.

މި ވޭރިއަންޓު ފެނިފައިވާ ޤައުމުތަކަށް ބަލާއިރު، މިހާތަނަށް 11 ޤައުމަކުން މި ވޭރިއަންޓްގްގެ 395 ވޭދަނަ ފެނިފައިވެއެވެ. އެއީ ބްރިޓެން އިން 36 ވޭދަނައާއި، ކެނެޑާއިން އެއް ވޭދަނައިގެ އިތުރުން އިންޑިއާއިން 8 ވޭދަނައާއި، ޖަޕާނުން 15 އަދި ނޭޕާލުން 3 ވޭދަނައިގެ އިތުރުން ޕޮލެޑުން 9 ވޭދަނައާއި ޕޯޗުގަލްއިން 22 ވޭދަނަ، ރަޝިއާއިން އެއް ވޭދަނަ، ސްވިޒަލޭންޑުން 18 ވޭދަނައިގެ އިތުރުން ތުރުކީން އެއް ވޭދަނަ އަދި އެމެރިކާއިން 83 ވޭދަނައެވެ.

Ads by HDC
  1. ާޮއަލީ

    ވޭދަނަ އެއީ ކޯންޗެއް