Friday, 30 October 2026
Advertisement
Ooredoo — Article-Top (leaderboard)
ދުނިޔެ

އިންޑިއާ ވޭރިއަންޓަށް ޗައިނާއިން އުފެއްދި ވެކްސިނުން މާ ބޮޑު ރައްކާތެރިކަމެއް ނުދޭ: ދިރާސާ

އިންޑިއާ ވޭރިއަންޓަށް ޗައިނާއިން އުފެއްދި ވެކްސިނުން މާ ބޮޑު ރައްކާތެރިކަމެއް ނުދޭ: ދިރާސާ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ އިންޑިއާ ވޭރިއަންޓް (ޑެލްޓާ ވޭރިއަންޓް)އާ ދެކޮޅަށް ޗައިނާއިން އުފެއްދި ވެކްސިންގައި ހިމެނޭ އެންޓިބޮޑީސް އިން މާ ބޮޑު ރައްކާތެރިކަމެއް ނުދޭކަމަށް އެކަން ދިރާސާ ކުރި ސިއްޙީ މާހިރުން ބުނެފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޗައިނާ ސެންޓްރަލް ޓެލެވިޝަނަށް ދިން އިންޓަވިއުއެއްގައި ޗައިނީސް ސެންޓަރ ފޮ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ރިސާޗަރ އަދި އެ ސެންޓަރުގެ ކުރީގެ ޑެޕިއުޓީ ޑިރެކްޓަރ ކަމުގައިވާ ފެންގް ޒިޖަންގް ބުނީ، އެ ޤައުމުން އުފެއްދި ވެކްސިންގައި ހިމެނޭ އެންޓިބޮޑީޒުން، މި ވޭރިއަންޓާ ދެކޮޅަށް މާ ބޮޑު އަސަރެއް ނުކުރާ ކަމަށާއި ނަމަވެސް ކޮންމެވެސް ވަރެއްގެ ރައްކާތެރިކަމެއް ދޭނެ ކަމަށެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް އޭނާ ދީފައި ނުވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ. އެއީ ކޮން ދެ ވެކްސިނެއްކަން ވެސް ނުބުނެ އޭނާ އިތުރަށް ހަމައެކަނި ބުނެފައި ވަނީ އެ ވެކްސިންތައް މިހާރު ހިމަނާފައިވަނީ "އިންއެކްޓިވް" ކެޓަގަރީގައި ކަމަށެވެ.

ދުނިޔޭގެ ސިއްޙަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޗީފް މިދިޔަ ހަފްތާގައި ބުނެފައިވާ ގޮތުގައި އިންޑިއާ ވޭރިއަންޓް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާ އެކު ފެތުރެމުން ކަމަށާއި މިއީ ވަރަށް ފަސޭހައިން ގައިން ގަޔަށް ފެތުރޭ ވޭރިއަންޓެއް ކަމަށެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް