ދުނިޔެ

ދަރިވަރުންތަކެއްގެ ޕާޓީއަކުން ކޮވިޑްގެ ބޮޑު އިހަލެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ސްޕެއިންގެ އެންމެ ބޮޑު އެއް ސިޓީ ކަމަށްވާ މަލޯކާގެ އަވަށެއްގައި ޕާޓީ ކުރަން އުޅުނު ދަރިވަރުންތަކެއްގެ ތެރެއިން ކޮވިޑް19ގެ ބޮޑު އިހަލެއް ފާހަގަވެއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ޚަބަރުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ކްލަސްޓާގައި 600 އަށްވުރެ ގިނަ ކުދިން ހިމެނެއެވެ. މި ޕާޓީގެތެރެއިން ފައްސިވި ކުދިންނަކީ އެ ގައުމުގެ އެކި ސަރަހައްދުތަކުން ދަތުރުކޮށްފައިވާ ކުދިންނެވެ. އޭގެ ތެރޭގައި ޕާޓީތަކަށާއި، ބޯޓުތަކަށާއި މިއުޒިކް ކޮންސާޓްތަކަށް ގޮސްފައިވާ ކުދިން ވެސް ހިމެނެއެވެ. 

މި ކްލަސްޓާ އުފެދިފައި ވަނީ ސްޕެއިންގެ އަވަށެއް ކަމަށްވާ ބެލޭރިކް އައިލެންޑުންނެވެ. އެއީ ކޮވިޑް-19އާ ގުޅިގެން ފަތުރުވެރިން އައުން ވެސް މަނާކޮށްފައިވާ ހިސާބެކެވެ. އެހެން ނަމަވެސް މިކްލަސްޓާ އުފެދުނީ އެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރެވި އަލުން ފަތުރުވެރިން އައުމަށް ހުއްދަ ދޭން ނިންމައިފައިވާ ދަނޑިވަޅެއްގައި ކަމަށް އެ ގައުމުން މަޢުލޫމާތު ދެއެވެ.

ޚަބަރުތަކުން ބުނާ ގޮތުގައި މި ކްލަސްޓާއާ ގުޅޭ 1000އަށް ވުރެ ގިނަ ކުދިން ވަނީ އެކަހެރި ކޮށްފައެވެ. އަދި މީގެ ތެރެއިން ގިނަ ކުދިންގެ ކިބައިން ކޮވިޑް19 ގެ އަލާމާތްތައް ފެންނަ ކަމަށާއި މިކަމާ ގުޅޭ ގޮތުން ބަލަން ޖެހޭ ކަންތައްތައް  ބަލުން ދާ ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!