ލުއި ޚަބަރު

ދޫންޏަކީ ސަރުކާރުން ޖާސޫސް ކުރަން އުފައްދައިގެން އުޅޭ ރޮބޮޓް ކަމަށް ތުހުމަތުކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ދޫންޏަކީ ރޮބޮޓްތަކެއް ކަމަށް ބުނި މުޒާހަރާގެ ތެރެއިން

މީސްމީޑިއާގެ ޒަމާނާއެކު ހަޤީޤަތެއް ނެތް ވާހަކަތައް ފެތުރުމަކީ ވަރަށް އާއްމު ކަމެކެވެ. އެހެން ނަމަވެސް މިފަހަރު މިއޮތީ ވަރަށް މަޖާ ވާހަކައެކެވެ. އެމެރިކާގެ ގްރޫޕަކުން ފަތުރައިގެން އުޅޭ ވާހަކައެކެވެ. އެއީ ދޫންޏަކީ އެމެރިކާގެ ސަރުކާރުން އުފައްދައިގެން އުޅޭ އެއްޗެއް ކަމަށެވެ.

Ads by MWSC

މިގޮތަށް ޤަބޫލު ކުރާ މީހުން މީސްމީޑިއާގެ މަންސައެއް ކަމަށްވާ ރެޑިޓްގައި އުފައްދާފައިވާ ފޯމެއްގައި މިހާރު ތިން ލައްކައަށްވުރެ ގިނަ މީހުން އެބަތިއްބެވެ. މި މީހުން ދާދިފަހުން ވަނީ އެމެރިކާގެ މަގުތަކަށް ނިކުމެ ސަރުކާރާ ދެކޮޅަށް މުޒާހަރާ ވެސް ކޮށްފައެވެ.

ދޫންޏަކީ ޖާސޫސް ކުރާ ރޮބޮޓްތަކެއް ކަމަށް މި މީހުން ސިފަ ކުރަމުން އަންނައިރު، މި ޚިޔާލުގެ ވެރިޔާ ޕީޓާ މެކް އިންޑޯގެ ވީޑިއޯއެއް ފޭސްބުކްގައި ވަނީ އާއްމު ވެފައެވެ. އެމެރިކާގައި އުޅޭ ހުރިހާ ދޫންޏެއް ސަރުކާރުން މަރައިލުމަށް ފަހު ޖާސޫސް ކުރުމަށް ރޮބޮޓް ދޫނިތަކެއް ހަދާފައިވާ ކަމަށް އޭނާ އެންމެ ފުރަތަމަ ބުނެފައި ވަނީ 2017 ވަނަ އަހަރުއެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައި ވަނީ ދޫނިތައް ކަރަންޓް ނަރުގައި ޖައްސައިގެން ތިބޭ ކަމަށާއި އެއީ ޗާޖް ކުރަން ކަމަށެވެ. އަދި ކާރު ފަދަ އެއްޗެއްސަށް ކުޑަ ކަމުދަނީ އެއީ ދާ ތަން ޓްރެކް ކުރުމަށް ބޭނުން ކުރާ ދިޔާ އެއްޗެއް ކަމަށް އޭނާ ބުނެފައިވެއެވެ.

އޭނާގެ ވާހަކަތައް ގިނަ ބަޔަކަށް ޖޯކަކަށް ވިޔަސް، އެ ޚިޔާލު ޤަބޫލު ކުރާ އެތައް ބަޔަކު މިހާރު އެމެރިކާގައި އެބަ އުޅެއެވެ. މިކަމުން ވެސް އިސާހިތަކު ދޮގެއް ފަތުރައިލުމަކީ އުނދަގޫ ކަމެއް ނޫންކަން އެނގެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!