އޭޝިއާ ދުނިޔެ

ސިންގަޕޫރުގައި ވެކްސިން ޖެހިމީހުންގެ 75 އިންސައްތަ މީހުންނަށް ކޮވިޑް ޖެހިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ސިންގަޕޫރުގެ މަގެއް: ފޮޓޯ ގޫގުލް

ސިންގަޕޫރުގައި ވެކްސިން ޖެހި މީހުންގެ 75 އިންސައްތަ މީހުންނަށް ކޮވިޑް 19 ޖެހިފައިވާކަމަށް އެގަައުމުގެ ސަރުކާރުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by WAMCO

ސިންގަޕޫރުގެ ސަރުކާރުން ބުނެފައިވާ ގޮތުގައި އެގައުމުގައި މިދިޔަ ހަތަރު ހަފްތާ ތެރޭގައި ކޮވިޑްގެ ނަމްބަރުތައް ވަނީ އިތުރުވެފައެވެ. މިދިޔަ ހަތަރު ހަފްތާގައި ކޮވިޑް ޖެހުނު މީހުންގެ ހަތަރުބައިކުޅަ ތިންބައި މީހުންނަކީ ވެކްސިން ޖަހައިފައިވާ މީހުން ކަމަށާއި ވެކްސިން ޖަހައިފައިވާ މީހުންނަށް ބަލީގެ މާބޮޑެތި އަސަރުތަކެއް ކޮށްފައިނުވާކަމަށް ވެސް އެގައުމުގެ ސަރުކާރުން ވަނީ ބުނެފައެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވެކްސިނުގެ ސަބަބުން ބަލީގައި ބޮޑުވަރުވާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑުތަން މަދުވެފައެވެ. މިދިޔަ 28 ދުވަހު ސިންގަޕޫރުން ކޮވިޑް ޖެހުނު 1096 މީހުންގެ ތެރެއިން 484 މީހުންނަކީ ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނެވެ. އެއީ %44 އިންސައްތަ މީހުންނެވެ. އަދި މީގެ ތެރެއިން %30 އިންސައްތަ މީހުންނަކީ ވެކްސިނުގެ އެއްބައި ފުރިހަމަކޮށްފައިވާ މީހުންނެވެ. އަދި 25 އިންސައްތަ މީހުން ވެކްސިން ޖަހައިފައެއް ނުވެއެވެެ.

ކޮވިޑް19އާ ދެކޮޅަށް ސިންގަޕޫރުގައި ބޭނުން ކުރަނީ ފައިޒާ ވެކްސިނާއި މޮޑާނާ ވެކްސިނެވެ.

ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް19ގެ ވޭރިއެންޓެއްކަމުގައިވާ ޑެލްޓާ ވޭރިއެންޓްގެ ބިޔަ ރާޅެއް އަނެއްކާ ވެސް ބިންދައިލައިފާނޭކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ވަނީ ދީފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!