ސިޔާސީ

ނުފޫޒު ފޯރުވޭ ވަރަށް އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ޤަބޫލެއް ނުކުރަން:ރައީސް ޞާލިޙް

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނުފޫޒު ފޯރުވޭވަރަށް ވެރިކަން ކުރާ އެމްޑީޕީގެ ތެރޭގައި ހަރުކަށި ފިކުރު އޮތް ކަމަށް ޤަބޫލެއް ނުކުރައްވާ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމްޑީޕީ ތެރޭގައި ހަރުކަށި ފިކުރެއް ނެތް ކަމަށާއި ނަމަވެސް ރާއްޖޭގައި އެ ފިކުރު އެބަ އުޅޭ ކަމަށެވެ.

"އަޅުގަނޑަކަށް ޤަބޫލެއް ނުކުރެއްްވޭ އެމްޑީޕީ ތެރޭގައި އެ ވިދާޅުވާ ގޮތަށް ހަރުކަށި ފިކުރު އޮތް ކަމަކަށް. އެހެނެއް ނޫން ރާއްޖޭގައި އެބަ އުޅޭ އެ ފިކުރު. އެމްޑީޕީ ތެރޭގައި ވެސް އެހެންވީމަ އުޅެދާނެ އެހެން ނަމަވެސް އެއީ ބޮޑު މެޖޯރިޓީއެއް ނޫން. ޕާޓީގެ ވިސްނުންތަކާ ކުޅެވޭ ވަރުގެ މެޖޯރިޓީއެއް ނޫން އެއީ" ރައީސް ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް ވިދާޅުވީ އެފަދަ ވިސްނުމެއް އުޅޭ ކަމުގައިވާ ނަމަ އެކަން ހުއްޓުވާނެ ކަމަށެވެ.

އެމްޑީޕީ ތެރޭގައި ވެސް ހަރުކަށި ފިކުރު އުޅޭކަމަށް އެ ޕާޓީން ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!