ޚަބަރު ސަރުކާރު

ހަރުކަށި ފިކުރާ ގުޅޭ ޚާއްސަ ޕްރޮގްރާމްތަކެއް އިސްލާމިކް މިނިސްޓްރީން ހިންގަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން
ފޮޓޯ: ރާއްޖެއެމްވީ

ހަރުކަށި ފިކުރަށް ހޭލުންތެރިކަން އިތުރުކުރުމާ ގުޅޭ ޚާއްސަ ޕްރޮގްރާމްތަކެއް އިސްލާމިކް މިނިސްޓްރީން ހިންގުމަށް ނިންމައިފައިވާކަމަށް މެއި 6 ކޮމިޓީގެ މުޤައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އަފީފް ވިދާޅުވީ ހަރުކަށި ފިކުރަށް މީހުން ލެނބެމުންދާ ދިއުން ހުއްޓުވުމަށް މިނިސްޓްރީން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް 2 އަހަރަށް ރާވައިލައިގެން ޚާއްސަ ޕްރޮގްރާމުތަކެއް އެޑިއުކޭޝަން މިނިސްޓްރީއާ ގުޅިގެން ހިންގުމަށް ނިންމަވައިފައިވާ ކަމަށް ވިދާޅުވިއެވެ.

ޢަފީފް ވިދާޅުވީ، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޙަމަލާގެ ތަހުގީގަށް ނިމިދިޔަ ހަފްތާގައި ފުލުހުންނާ ބައްދަލު ކުރައްވާފައިވާކަމަށެވެ. އަދި އެ ބައްދަލު ކުރެއްވުމުގައި ތަހުގީގު ގޮސްފައިވާ ހިސާބު އޮޅުންފިލުވައިފައިވާ ކަމަށާއި އެ މައުލޫމާތުތައް ޤައުމީ މަޖިލީހާ ހިއްސާ ކުރައްވާފައިވާނެ ކަމަށެވެ.

އަފީފް ވިދާޅުވީ ހަރުކަށި ފިކުރުގެ ގޮތުގައި ރާއްޖޭގައި، އޮތީ ދެ ގްރޫޕެއްކަން މިނިސްޓަރ ވިދާޅުވިކަމަށެވެ. އެއީ “ޑޮޓް” ފިކުރަށް ނިސްބަތްވާ މީހުންނާއި، “ސުޕަރ ސަލަފީ”އިން ކިޔާ ގްރޫޕެއްކަމަށެވެ.

އިތުރަށް ޢަފީފް ވިދާޅުވީ، އިސްލާމް ދީނުގައި ވަކި އުސޫލުތަކެއް އޮންނައިރު ވަކި މީހަކީ މަރަން ޖެހޭ މީހެއްކަމަށް ދޭހަވާ ގޮތަށް ވާހަކަ ނުދެއްކޭނެކަން މި ބައްދަލުވުމުގައި މިނިސްޓްރީން ވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެގޮތުން ބޮޑެތި ޖަރީމާތައް ހިންގާ މީހުން ޖަލަށް ލުމުން، ހަރުކަށި ފިކުރުގެ މީހުންނާ އެއްވެގެންދާ ކަމަށާއި އެކަމުގެ ސަބަބުންވެސް ހަރުކަށި ފިކުރު ފެތުރެމުންދާކަމަށް އަފީފް ވިދާޅުވިއެވެ.

Ads by Allied Insurance
  1. ޢަބުދުﷲމާހިރު

    ލާދީނީ އޮއިވަރުނެތަމަ ހަރުކަށި ފިކުރެއް ނެތީސް! ޢިންސާނާ ރުޅިއެރުވުމުން ހަރުކަށިވާކަން ނޭނގުމަކީ ޖާހިލުކަން!
    ތިބާގެ ދީނާއި މުދަލާއި ޢަބުރަށް އަދި ލޯބިވެރިންނާއި ބެހި އަރައިގަންނަ ނަމަ ތިބާ ހަރުކަށި ނުވެ ހަނު ހުރުމަކީ ނުކުޅެދުންތެރި ކަމުގެ އިންތިހާ!