ރައީސް ޞާލިޙް ވިދާޅުވީ ބޭނުންވެއްޖެ ނަމަ ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމުން ދުރުކުރެވޭނެ ވާހަކަ: ބޮންޑޭ
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވާ ދެއްކެވި ވާހަކަފުޅުން ދޭހަވެގެންދަނީ، ރައީސް ޞާލިޙް ބޭނުންފުޅު ވެއްޖެ ނަމަ ރައީސް މުޙައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން ދުރުކުރެވޭނެ ވާހަކަ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޞާލިޙް ވަނީ މަޖިލީހުގެ މެޖޯރިޓީ އެ މަނިކުފާނަށް އޮތްކަމަށް ވިދާޅުވެފައެވެ. މި ގޮތުން ރައީސް އިއްޔެ ވިދާޅުވީ، މެޖޯރިޓީ ނެތި ވެރިކަން ކުރުމަކީ އުދަނގޫ ކަމެއް ކަމަށާއި 2008 ވަނަ އަހަރުން ފެށިގެން ރާއްޖެއިން ފެނިގެން ގޮސްފައި ވަނީ މަޖިލީހުގެ މެޖޯރިޓީ ނެތި ވެރިކަން ކުރުމުން ދިމާވި މައްސަލަތައް ކަމަށެވެ. އަދި މެޖޯރިޓީ ހޯދަން ކުރަން ޖެހުނު މަސައްކަތެއް ކުރައްވާނެ ކަމަށާއި މިވަގުތު މެޖޯރިޓީ އޮތީ ރައީސްގެ އަތްޕުޅުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މިރޭ "ދިވެހި ޗެނަލް"އިން ގެނެސްދިން ހަވާސާ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، ރައީސް ޞާލިޙް އިއްޔެ ދެއްކެވި ވާހަކަފުޅަކީ ވަރަށް އެހެން ކަހަލަ މެސެޖެއް ކަމަށެވެ.
"މިހާރު އެ އޮތް ގޮތުން އެ ބުނަނީ، ތިމަންނަ ބޭނުން ވެއްޖިއްޔާ މިހާރު ޕާލިމެންޓް ސްޕީކަރ، މަޖިލިސް ރައީސްކަން ވެސް ތިމަންނައަށް ނެގިދާނޭ. މަޖިލިސް ރައީސް ވެސް ވަކި ކުރެވިދާނޭ. އެކަހަލަ މެސެޖެއް އިންޑައިރެކްޓްކޮށް އެދެވެނީ" ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، ރައީސް ޞާލިޙްގެ އެ ވާހަކަފުޅުން ތިން ބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ސިފަ ގެއްލޭ ކަމަށެވެ. އަދި މިގޮތަށް ބުނުމަކީ ޑިމޮކްރަސީގެ އުސޫލުތަކަށް ބުރޫއަރާނެ ކަމެއް ކަމަށާއި ޑިމޮކްރަސީގެ ނިޒާމަކީ އެއްބާރު އަނެއް ބާރު ފާރަވެރިވެ ޖަވާބު ދާރީކުރުން ކަމަށް ވިދާޅުވިއެވެ.
"އިބްރާހީމް މުޙައްމަދު ޞާލިޙް އެ ބުނަނީ ތިމަންނައަށޭ އެމްޑީޕީގެ މެޖޯރިޓީ އޮތީ. ތިމަންނައަށޭ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ވެސް އޮތީ. ތިމަންނައަށޭ ޤައުމުގެ ވެރިކަން ވެސް އޮތީ.... މިގޮތަށް ބުނުމަކީ ތިން ބާރު ވަކިވެފައި އޮންނަ ނިޒާމަކަށް ވެސް، ޑިމޮކްރަސީގެ އުސޫލުތަކަށް ވެސް ލޮޅުން އަރާނެ ކަމެއް. ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނޯންނާނެ ޙަޤީޤަތުގައި." ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ ރައީސް ޞާލިޙްގެ ވިސްނުންފުޅު މިކަމުގައި ގޯސް ކަމަށާއި ހުރިހާ ބާރެއް ވެސް އޮންނާނީ ރައްޔިތުންގެ އަތްމަތީގައި ކަމަށެވެ. އަދި އެމްޑީޕީގެ ބާރުތައް އޮންނާނީ އެމްޑީޕީގެ މެންބަރުންގެ އަތުގައި ކަމަށާއި ތިމަންނަގެ އަތުގައި ބާރު އޮވެއޭ ބުނެގެން ނުވާނެ ކަމަށާއި އެއީ ޙަޤީޤަތެއް ނޫންކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޮންޑޭ ވިދާޅުވީ، ރައީސް ޞާލިޙް އެފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވަނީ ރައީސްގެ އެޑްވައިޒަރުންގެ ސަބަބުން ކަމަށެވެ. އަދި ކައިރީގައި ތިބޭ އެޑްވައިޒަރުން ރައީސް ޞާލިޙަށް ޚިޔާލީ ފޮލާ ދައްކާ ކަމަށާއި އެފަދަ އެއްޗެއްހި ބުނުމުގެ ކޮންފިޑެންސް އަންނަނީ އެހެންވެގެން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. ބޮންޑޭ ވިދާޅުވީ، މިއީ ރާއްޖޭގައި އަލަށް ހިނގާ ކަމެއް ނޫން ކަމަށާއި ވަކި ލެވެލްއެއްގައި ތިބޭ ބަޔަކު އަބަދުވެސް ރައީސަށް ސަނާ ކިޔާ އުޅޭނެ ކަމަށެވެ. އަދި އެގޮތަށް ކަންކުރާ މީހުން ކަންކުރަނީ އަމިއްލަ ބޭނުމެއްގައިކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑު ހަމަ ކުރީގައި ދިވެހި ރާއްޖޭގައި ވެރިކަންކޮށްފައި ހުރި މީހުން ޚިޔާލަށް އަންނަނީ." ބޮންޑޭ ވިދާޅުވިއެވެ.
މަޖުލީހުންކީކުރަން ގައުމުން ވެސްބޭރުކޮއްލާނީ ދެންލަލަލާ
ބޭނުން ވެއްޖެނަމަ . … ހަމަ….އައުޓް . ގެޓްއައުޓް.ރައްޔިތުން ނޫޅެ އެސޮރު ނެތިގެން މިސްވެގެނެއް. ޢެސޮރު އެހެރީ ޔޫކޭ ބޮޑުވަޒީރު ކައިރިން ޓްރެއިންނިގ ހަދަން ގޮސް . މިޤައުމު ގެ ކަންތަށް ކުރި އަށް ގެންދަވާނެ ރައީސް . ޢެސޮރު ނެތަކަސް.ކުރީފަހަރު ވެރިކަން ހަވާލު ކުރީމަ ފައިވާން އަތަށް ލައިގެން ދުވެ ފިލީ ހޯހޯ ގޮވާފަ. ޢެހާވެސް ކެރޭ.ބޯ ހަލާކު