Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
އޭޝިއާ

އިންޑިޔާގެ ޑިމޮކްރަސީއަށް ޓްވިޓާއިން ހަމަލާދޭަކަމަށް ރާހުލް ގާންދީ ތުހުމަތު ކުރައްވައިފި

އިންޑިޔާގެ ޑިމޮކްރަސީއަށް ޓްވިޓާއިން ހަމަލާދޭަކަމަށް ރާހުލް ގާންދީ ތުހުމަތު ކުރައްވައިފި

އިންޑިޔާގެ ކޮންގްރެސް ޕާޓީގެ އިސް މެމްބަރުންތަކެއްގެ ޓްވިޓާ އެކައުންޓް ލޮކް ކުރުމަކީ ޓްވިޓާއިން އިންޑިޔާގެ ޑިމޮކްރަސީއަށް ހަމަލާ ދޭން ކުރި ކަމެއް ކަމަަށް އިންޑިޔާގެ ކޮންގްރެސް ލީޑަރ ރާހުލް ގާންދީ ވިދާޅުވެއްޖެއެވެ.

ޓްވިޓާއިން އިންޑިޔާގެ ސިޔާސީ ބައެއް ފަރާތްތަކުގެ ޓްވިޓާ އެކައުންޓް ލޮކް ކޮށްފައި ވަނީ ދިއްލީގައި ރޭޕްކޮށް މަރައިލި އުމުރުން އެންމެ 9 އަހަރުގެ ކުއްޖެއްގެ މައިންބަފައިންގެ ފޮޓޯއެއް ޓްވީޓް ކުރުމާ ގުޅިގެން ކަމަށް ރިޕޯޓްތައް ބުނެއެވެ. މިމައްސަލައިގައި ޓްވިޓާއިން ލޮކް ކުރި އެކައުންޓުތަކުގެ ތެރޭގައި ރާހުލް ގާންދީގެ އެކައުންޓް ވެސް ހިމެނެއެވެ. <b class="ssrcss-hmf8ql-BoldText e5tfeyi3"></b>

އެކައުންޓްތައް ލޮކް ކޮށްފައިވަނީ ޓްވިޓާގެ ޕްރައިވެސީ ރޫލްތަކާ ހިލާފުވުމުންކަމަށް ޓްވިޓާއިން ބުނެފައިވާއިރު ކޮންގްރެސް ޕާޓީން ތުހުމަތު ކުރާ ގޮތުގައި އެކައުންޓްތައް ލޮކްކޮށްފައި ވަނީ ވެރިކަން ކުރާ ބީޖޭޕީގެ ނުފޫޒުންނެވެ.

Advertisement
Allied Insurance — Square (box)

އިންޑިޔާގެ ނުވަ އަހަރުގެ ކުއްޖާ ރޭޕްކޮށް މަރައިލައިފައި ވަނީ ހިންދޫ ދީނުގެ ފާދިރީއެކެވެ. ރާހުލް ގާންދީ ވަނީ އެކުއްޖާގެ އާއިލާއަށް ޒިޔާރަތްކުރައްވައިފައެވެ. އަދި އެކުއްޖާގެ މައިންބަފައިންގެ ފޮޓޯ ޓްވީޓް ކުރެއްވީ އެ ޒިޔާރަތަށް ފަހުގައިކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

ރާހުލް ގާންދީގެ ޓްވީޓް ޓްވިޓާއިން ޑިލީޓްކޮށްފައި ވަނީ އެ ފޮޓޯގެ ސަބަބުން ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެތީކަމަށާއި ރޭޕްގެ ޝިކާރައަކަށްވާ ފަރާތްތަކުގެ އައިޑެންޓިޓީ ހާމަ ކުރުމަކީ އިންޑިޔާގެ ގާނޫނުގައި މަނާ ކަމަކަށް ވުމުންކަމަށް އެ ފޮޓޯ ޑީލީޓް ކުރުމަށް ރާހުލް ގާންދީގެ ކިބައިން އެދުމުން އެކަމަށް އޭނާ ދެކޮޅު ހެއްދެވުމުންކަމަށް މަައުލޫމާތު ލިބެއެވެ. އެހެންކަމުން އެކައުންޓްތަައް ޑިލީޓް ކޮށްފައި ވަނީ މި އޯގަސްޓުމަހުގެ 6 ވަނަ ދުވަހުއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް