Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޝަރުޢީ ދާއިރާ

ޕެސްޓްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރުކޮށްފި

ޕެސްޓްގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރުކޮށްފި

މަސްތުވާތަކެތި ޓްރެފިކް ކުރިކަމުގެ ތުހުމަތުތަކެއްގައި ދައުވާތަކެއް އުފުލައިފައިވާ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ އިސްމާއިލް އިފްހާމް މުހައްމަދު (ޕެސްޓު) އެ ދައުވާތަކަށް މިއަދު އިންކާރުކޮށްފިއެވެ.

މި މައްސަލައިގެ އަޑުއެހުމެއް މިއަދު މެންދުރު 11:30ގައި ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި ޕެސްޓްގެ މައްޗަށް އުފުލައިފައިވާ ދައުވާތައް ދައުލަތުން އިއްވުމާއެކު އެ ދައުވާތަކަށް ޕެސްޓް އިންކާރުކުރާ ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ޕެސްޓުގެ މައްޗަށް ކޮށްފައިވާ ދައުވާތަކަށް އިންކާރު ކުރުމުން، ދައުލަތުން ވަނީ އެ ދައުވާތައް ސާބިތު ކުރުމަށް ހެކި ހުށަހަޅައިފައެވެ. އޭގެ ތެރޭގައި ޑީއެންއޭ ރިޕޯޓާއި ހޯދި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްތަކުގެ އިތުރުން އެ ރިޕޯޓްތައް ތައްޔާރު ކުރި ފުލުހުން ވެސް ހިމެނެއެވެ.

Advertisement
Allied — Dhen Online (box)

ދައުލަތުން ހެކި ހުށަހެޅުމުން ގާޒީ ވަނީ ދިފާއީ ހެކި ހުށަހެޅުމަށް ތިން ދުވަހުގެ މުއްދަތެއް ޕެސްޓަށް ދީފައެވެ.

މީގެ އިތުރުން މިއަދުގެ އަޑުއެހުމުގައި ޕެސްޓްގެ ބަންދު މުރާޖާ ކުރުމަށް ދިފާއީ ވަކީލުން އެދިފައިވެއެވެ. ނަމަވެސް ޝަރީއަތް ނިމެންދެން ޕެސްޓް ބަންދުގައި ބަހައްޓަން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވާތީ ބަންދު އަމުރު މުރާޖައާ ކުރެވެން ނެތް ކަމަށް ގާޒީ ވަނީ ކަނޑައަޅައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް