ސިޔާސީ

މެންބަރުންގެ ގެކޮޅު ކައިރިން ޕާކިން ހަމަޖައްސަން ހުށަހަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދިރިއުޅުއްވާ ގެކޮޅު ކައިރިން، ޕާކިން ސްލޮޓު ހަމަޖައްސަން ހުށައަޅަން މަޖިލީހުގެ އިމްތިޔާޒު އަދި ސުލޫކު ކޮމިޓީން ނިންމައިފިއެވެ.

Ads by Sosun Fihaara

އިއްޔެ ބޭއްވި އެ ކޮމިޓީ ބައްދަލުވުމުގައި މަޖިލިސް މެންބަރުންނަށް ޕާކިން ސްލޮޓު ހަމަޖައްސަން ހުށައެޅުއްވީ މަކުނުދޫ ދާއިރާގެ މެމްބަރު މުހައްމަދު ރާއީއެވެ.

މެންބަރު ރާއީ ހުށަހެޅުއްވީ ޕާކިން ދޫކުރަން އޮންނަ އުސޫލުގެ ދަށުން، މެމްބަރުންވެސް ފައިސާ ދައްކާގޮތަށް، އެ މެމްބަރުންނަށް ޕާކިން ސްލޮޓުތައް ހަމަޖެއްސުމަށެވެ. މި މައްސަލަ ހުށައެޅުއްވި ސަބަބެއްގެ ގޮތުގައި ރާއީ ވިދާޅުވީ މެމްބަރުންގެ ވެހިކަލްތައް ޕާކް ކުރާނެ ޖާގަ ނެތުމުން، ދަތިތަކެއް ކުރިމަތިވާ ކަމަށެވެ. އަދި އެއީ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް މުހިއްމުކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މަކުނުދޫ ދާއިރާގެ މެންބަރުގެ މި ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރ ޢަބްދުﷲ ސަނީފެވެ. އިއްޔެގެ ކޮމިޓީ ބައްދަލުވުން ނިންމާލީ ރާއީގެ ހުށައެޅުއްވުން ފާސްކޮށްފައެވެ.

ރާއީ އިތުރަށް ވިދާޅުވެފައި ވަނީ މިއީ މެމްބަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވެސް މުހިއްމުކަމެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ހަމަލާދޭން އުޅޭކަމުގެ ތުހުމަތުކުރެވޭ ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވެސް ވަނީ ވިދާޅުވެފައެވެ. އަދި މެންބަރުންނަށް ފާރަލާ މައްސަލައެއް ވެސް ފެންމަތިވެފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Ads by Allied Insurance
  1. ޝާހިދާ

    މެމްބަރުންނަށް ހުރިހާ މޮޅެއް. ތީން މެމްބަރެއްގެ ފަރާތުން ރައްޔިތުންނަށްވާ ފައިދާއެއް ނެތް ރައްޔިތުންގެ ފައިސާ ކޮޅު ޖީބަށް ލައިގެން ހުރިހާ މޮޅެއް އަރާމެއް ތިވެރިންނަށް