ޚަބަރު ސިޔާސީ

މިނިވަންކަމުގެ އެގްރީމެންޓުގައި ސޮއި ކުރެއްވީ ބަރުލަމާނީ ބޮޑުވަޒީރެއް، ޖޭޕީ ލީޑަރު ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ: ބޮންޑޭ

ރައުފާ ރަޝީދު ، ދެން އޮންލައިން

ރާއްޖޭގެ މިނިވަންކަން ހޯދައިދިން އެގްރިމެންޓުގައި ސޮއި ކުރެއްވީވެ ސް ބަރުލަމާނީ ބޮޑު ވަޒީރެއް ކަމަށާއި، ޖޭޕީ ލީޑަރު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

Ads by MWSC

ބޮންޑޭ މިފަދައިން ވިދާޅުވެފައި ވަނީ ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށާއި އެ ނިޒާމަށް ބަދަލުކުރުމަށް ގޮވައިލައި ޕެޓިޝަނެއްގައި ސޮއިކުރަނީ ވަކި މީހަކު ވެރިކަމަށް ގެންނަން ކަމަށާއި އެއީ ގައުމަށް ހެޔޮ އެދިގެން ބަޔަކު ކުރާ ކަމެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވުމާ ގުޅިގެންނެވެ.

1965 ވަނަ އަހަރު ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބިގެން ދިޔަ އެއްބަސްވުމުގައި ސޮއިކުރެއްވި ފޮޓޯއާ އެކު ބޮންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ދަންތުރައެއް ކަމަށް ބުނުމަކީ ދިވެހި ގައުމު މިނިވަންކަން ހޯދި ނިޒާމަށް ކުރި ފުރައްސާރައެއް ކަމަށެވެ. އަދި، މިނިވަންކަމުގެ އެގްރީމެންޓުގައި ސޮއި ކުރެއްވީ ބަރުލަމާނީ ބޮޑުވަޒީރެއް ކަމަށާއި ޖޭޕީ ލީޑަރު ދިވެހި ރައްޔިތުންގެ ކިބައިން މާފަށް އެދެން ޖެހޭ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެންބަރުންގެ ފޯމު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ދިވެހިން މީގެ ކުރިން ވަނީ ވޯޓުން ވެރިކަމުގެ ނިޒާމު ކަނޑައަޅައިފައި ކަމަށެވެ. ގާސިމް ވަނީ ގިނަ ބައެއްގެ ތާއީދާ އެކު ރިޔާސީ ނިޒާމު ކަނޑައަޅައިފައިވާއިރު، އަނެއްކާ ވެސް ވެރިކަމުގެ ނިޒާމުގެ ބަހުސް ފަށައިގެން އުޅޭ ސަބަބާ މެދު ސުވާލު އުފައްދައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!