Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ސަރުކާރު

ގްރޭޑް 1ގެ ޤުރްއާން ފޮތުގައި އިސްލާހު ކޮށްފައިވާ ސަފްހާ ތަތްކުރަނީ

ގްރޭޑް 1ގެ ޤުރްއާން ފޮތުގައި އިސްލާހު ކޮށްފައިވާ ސަފްހާ ތަތްކުރަނީ

ގުރޭޑް އެކެއްގެ ޤުރްއާން ފޮތުގައި ނުބައިކޮށް ލިޔެވިފައިވާ އާޔަތް ހިމެނޭ ސަފުހާ އިސްލާހުކޮށް، އިސްލާހު ކޮށްފައިވާ ސަފުހާ ދަރިވަރުންގެ ފޮތުގައި ތަތްކޮށްދޭން ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އިން އެދިއްޖެއެވެ.

އެންއައިއީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ތަދުރީސުލް ޤުރުއާން ގުރޭޑް އެކެއްގެ ތިން ވަނަ ޗާޕުގެ ދެވަނަ ޔުނިޓްގެ 64 ވަނަ ސަފްހާގައިވާ ކުށް އިސްލާހުކުރުމަށް މިހާރު ސްކޫލްތަކަށް ފޮނުވައިފައިވާ ކަމަށާއި އެ ފޮތް ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް ކީރިތި ޤުރްއާނުގައިވާ ގޮތަށް ނަބާ ސޫރަތް ކިޔަވައިދިނުމަށެވެ.

ދަރިވަރުންނަށް އުނގަންނައި ދިނުމަށް ބޭނުންކުރާ ޤުރްއާން ފޮތުގެ 64ވަނަ ސަފްހާގައި އޮތް ސޫރަތުލް ނަބާގެ 24ވަނަ އާޔަތުގެ މެދު ތެރެއިން ފެށިގެން ވަނީ ނުބައިކޮށް ލިޔެވިފައެވެ. އެ ހިސާބުން ފަށައިގެން ނަބާ ސޫރަތުގެ 31ވަނަ އާޔަތާ ހަމައަށް ލިޔެވިފައި ވަނީ ނާޒިއަތު ސޫރަތުގެ އަށްވަނަ އާޔަތުން 14ވަނަ އާޔަތާ ހަމައަށެވެ.

Advertisement
Allied Insurance — Square (box)

އެންއައިއީއިން އިތުރަށް ބުނީ ކުރީގައި އެކުލަވައިލައިފައިވާ ބައެއް އެހެން ގްރޭޑްތަކުގެ އިސްލާމް އަދި ޤުރުއާން ފޮތްތަކުގައި ވެސް ކުށް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް