Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ރައްޔިތުންގެ މަޖިލިސް

ފިޔަވަތީގެ މައްސަލައިގައި ކަމާ ބެހޭ އިދާރާތައް މަޖިލީހަށް ހާޒިރުކުރަނީ

ފިޔަވަތީގެ މައްސަލައިގައި ކަމާ ބެހޭ އިދާރާތައް މަޖިލީހަށް ހާޒިރުކުރަނީ

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުޑަކުދިން ބެލެހެއްޓުމަށް ހުޅުމާލޭގައި ގާއިމްކޮށްފައި ހުންނަ ފިޔަވަތީގައި ހަމަނުޖެހުން ހިނގަމުންދާ މައްސަލައާ ގުޅިގެން ކަމާ ބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

ފިޔަވަތީގައި ބަލަމުންދާ ކުޑަކުދިންތަކެއް ވަނީ ރޭގެ ވަގުތެއްގައި އެތަނުގެ ފުރާޅަށް އަރައި، ހަޅޭލަވައި، އެތަނުގެ ބިއްލޫރިތައް ތަޅައިލުމުގެ އިތުރުން އެތަނުގައި އަލިފާން ވެސް ރޯކޮށްލައިފައެވެ.

އެނގިފައިވާގޮތުގައި މި ދެތިން ދުވަހު ފިޔަވަތީގައި މިފަދަ ކަންކަން ހިންގަމުން އަންނަނީ އެތަނަށް އަލަށް ގެންދިޔަ ދެތިން ކުއްޖަކާއި، އެތަނުގައި ދެން ތިބި ބައެއް ކުދިން އެކީ ގުޅިގެންނެވެ.

Advertisement
Allied — Dhen Online (box)

މަޖިލީހުގެ ޖެންޑާ ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެއިން ފެށިގެން އެ މައްސަލައަށް މަޖިލީހުން ފާރަވެރިވަމުން އަންނަ ކަމަށާއި އެޗްއާރްސީއެމް މެދުވެރިކޮށް ވެސް މި މައްސަލައިގެ މައުލޫމާތު ހޯދަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޖީހާން ވިދާޅުވީ ކޮމިޓީން މިހާރު ކުރާ މަސައްކަތަކީ މައްސަލައާ ގުޅޭ މައުލޫމާތުތައް އެއްކޮށް މައްސަލައިގެ ސީރިއަސްކަން ދެނެގަތުން ކަމަށާއި އަންނަ ހަފުތާގައި އެކަމާ ގުޅޭ އިދާރާތައް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމަވައިފައިވާ ކަމަށެވެ.

އެގޮތުން ޖެންޑާ މިނިސްޓްރީއާއި، އެޗްއާރުސީއެމާއި ޗިލްޑްރަން އޮމްބަޑްސްޕާސަން އެ ކޮމިޓީއަށް ހާޒިރުކޮށް މައްސަލައާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ނިންމައިފައިވާ ކަމަށް ޖީހާން ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް