ސަރުކާރު

އައްސޭރި ޖަލުގައި ތިބި ގައިދީން ޓީބީއަށް ސްކްރީން ކުރަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުގައި ތިބި ގައިދީން ޓީބީއަށް ޓެސްޓު ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

Ads by STELCO

މި ޕްރޮގްރާމަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާއި އައިޖީއެމްއެޗް ވެސް ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ޓީބީ ސްކްރީނިންގ ޕްރޮގްރާމަށް އައްސޭރި ޖަލުގެ މުވައްޒަފުން ތައްޔާރުކުރުމުގެ ގޮތުން، އެޗްޕީއޭ އަދި އައިޖީއެމްއެޗްގެ ޓީމެއް ވަނީ 2021 ސެޕްޓެމްބަރ 19 ވަނަ ދުވަހު އައްސޭރި ޖަލަށް ޒިޔާރަތްކޮށް، އެ ޖަލުގައި މަސައްކަތްކުރާ ހަތަރު ނަރުހަކަށާއި ހިންމަފުށި ހެލްތް ސެންޓަރުގައި މަސައްކަތްކުރާ ދެ ނަރުހަކަށް ޓީބީއާއި ސާމްޕަލް ކަލެކްޝަންއާ ބެހޭގޮތުން ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައި ކަމަށް ކަރެކްޝަންސްއިން މައުލޫމާތު ދެއްވައެވެ.

އައްސޭރި ޖަލުގެ ހުރިހާ ޤައިދީންނަށް ވެސް އަމާޒުކޮށް ހިންގި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ބަޔަކަށް ބަހައިލައިގެންނެވެ. އެގޮތުން ޓީބީއަށް ސްކްރީން ކުރުމަށް މިއަދު ވެސް 71 ގައިދީންގެ ސުންކު ވަނީ ނަގައިފައެވެ.

ޓީބީ ސްކްރީނިންގ ޕްރޮގްރާމަކީ ޖަލުތަކުގައި ބަންދުކުރެވިފައިވާ ފަރާތްތަކަށް ދުޅަހެޔޮ ސިއްހަތަކާއި ޖަލުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ހުރިހާ ޖަލެއްގައި ވެސް ވަކި ތަރުތީބެއް ނެތި އެކި ދުވަސްވަރު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!