މިނިމަމް ވޭޖް ކަނޑައެޅުން މާދަމާއަށް ފަސްކޮށްފި

އެންމެ ކުޑަ މުސާރައިގެ ގޮތުގައި ދޭނެ ވަރެއް ކަނޑައެޅުމަށް މިއަދަށް ތާވަލް ކުރި މިނިމަމް ވޭޖް ބޯޑު ބައްދަލުވުން، މާދަމާއަށް ފަސްކޮށްފިއެވެ.
ވޭޖް ބޯޑުގެ މެމްބަރު އަދި ޓީމުގެ ސެކްރެޓަރީ ޖެނެރަލް މައުރޫފް ޒާހިރު (މާއްޓެ) ވިދާޅުވީ، ބައްދަލުވުން މާދަމާ މެންދުރު 2:00ގައި އޮންނާނެ ކަމަށެވެ. ނަމަވެސް މި ބައްދަލުވުން ފަސްކުރި ސަބަބެއް އޭނާ ހާމަ ކުރައްވައިފައެއް ނުވެއެވެ.
އެނގިފަައިވާ ގޮތުގައި މިނިމަމް ވޭޖް ބޯޑުން ނިންމާ ނިންމުން ހިއްސާ ކުރާނީ އިކޮނޮމިކް މިނިސްޓްރީއާއެވެ.
އިކޮނޮމިކް މިނިސްޓާރު ފައްޔާޒު އިސްމާއިލް މީގެ ކުރިން ވިދާޅުވީ، މިނިމަމް ވޭޖް ކަނޑައެޅުން ލަސްވަނީ ވޭޖް ބޯޑުން ގޮތެއް ނިންމުން ލަސްވާތީ ކަމަށެވެ.
މިނިމަމް ވޭޖް ކަނޑައަޅަން ޖެހޭނީ ވޭޖް ބޯޑުން ދޭ ލަފާގެ މަތިން އިކޮނޮމިކް މިނިސްޓަރު ކަމަށް ވަޒީފާއާ ބެހޭ ގާނޫނުގައި ވެއެވެ.
މިނިމަމް ވޭޖެއް ކަނޑައެޅުމުން އޭގެ އެންމެ ބޮޑު ފައިދާއެއް ވާނީ އެންމެ ކުޑަ މުސާރަ ލިބޭ މުވައްޒަފުންނަށެވެ. ސަރުކާރުން މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅައިފައި އޮތް ސީލިންގަކީ 6،700ރ.އާއި 8،900ރ.އާ ދެމެދުގެ އަދަދެކެވެ. ނަަމަވެސް މިނިމަމް ވޭޖް ބޯޑުން އެއްބަސްވަނީ ސަރުކާރުން ބޭނުންވާ އަދަަދަށް ކަމެއް އަދި ޔަގީން ވެފައެއް ނުވެއެވެ.
ހައްތަހާވެސް މާދަމާ، އަންނަމަސް، އަންނަ އަހަރު
މިއީ އިބޫ ސަރުކާރުގެ ފަލްސަފާއަކީ