ލައިފްސްޓައިލް ލުއި ޚަބަރު

ސެލްފީ ނަގަން އުޅެނިކޮށް މަރުވި މީހުންގެ އަދަދު ތިން ގުނައަށް އިތުރުވެއްޖެ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ސެލްފީ ނެގުމުގެ ތެރޭގައި މަރުވާ މީހުންގެ އަދަދު ދަނީ އިތުރުވަމުން

އިނގިރޭސިވިލާތުގައި ސެލްފީ ނަގަން އުޅުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު، ކޮވިޑް-19 ލޮކްޑައުންގެ ފަހުން ތިން ގުނައަށް އިތުރުވެފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ 2020ވަނަ އަހަރު ސެލްފީ ނެގުމުގެ ތެރޭގައި މަރުވި މީހުންގެ އަދަދު އުޅެނީ 7 ގައެވެ. އެހެން ނަމަވެސް މިއަހަރުގެ މިހާތަނަށް އެ އަދަދު ތިންގުނަވެ 24 ވޭދަނަ ރިޕޯޓުކޮށްފައިވާކަމަށް ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ސެލްފީ ނެގުމުގެ ތެރޭގައި ގިނައިން މަރުވީ ފިރިހެނުންނެވެ. މިފަދަ ހާދިސާތައް ގިނައިން ހިނގައިފައި ވަނީ ގެނބިގެންނާއި އެކި ޖަނަވާރުތަކުގެ ޒަރިއްޔާއިންނެވެ.

2011 ވަނަ އަހަރުން ފެށިގެން ސެލްފީ ނެގުމުގެ ތެރޭގައި މަރުވާ މީހުންނަށް ދިރާސާތަކެއް ހަދަން ފެށިއިރު، އެދިރާސާތަކުގައި ބުނެފައި ވަނީ އެފަދަ ހާދިސާތައް އެންމެ ގިނައިން ހިނގައިފައި ވަނީ އިންޑިއާގައި ކަމަށެވެ. އެގޮތުން އިންޑިއާގައި 184 މީހުން ސެލްފީ ނަގަނިކޮށް މަރުވެފައިވާއިރު އެމެރިކާގައި 25 އަދި ރަޝިޔާގައި 19 މީހުން ވަނީ މަރުވެފައެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ސެލްފީ ނެގުމުގެ ހާދިސާތަކުގައި އެންމެ ގިނައިން މަރުވެފައި ވަނީ ފަތުރުވެރިންނެވެ. އެގޮތުން މިދިޔަ ޖުލައި މަހު ހޮންކޮންގަށް ގޮސް އުޅުނު 23 އަހަރުގެ ފަތުރުވެރިއަކު ހައިކިންއަށް ގޮސް ވޯޓަފޯލްއެއްގެ މިޔައިގައި ހުރެ ސެލްފީއެއް ނަގަނިކޮށް މި އަހަރު މަރުވިއެވެ.

ހަމަ މިއަހަރު އިންސްޓަގްރާމްގައި އެއް ލައްކަ ފޮލޯވާޒް ލިބިގެން އެކަން ފާހަގަކުރަންކަމަށް ބުނެ ވީޑިއޯއެއް ނަގަން 160 ފޫޓުގެ އުސް ކްރޭންއަކަށް އަރައި އުޅުމުގެ ތެރޭގައި އޭގެން ވެއްޓި މީހަކު ވަނީ މަރުވެފައެވެ.

އާންމުކޮށް މިފަދަ ހާދިސާތައް ހިނގައިފައި ވަނީ ސޯޝަލް މީޑިއާ އިންފްލުއެންސާޒްގެ ފަރާތުންނެވެ. ތަޖުރިބާކާރުން ވަނީ ސެލްފީ ނެގުމުގެ ބޭނުމުގައި ނުރައްކާތެރި ގޮތްގޮތް އިހުތިޔާރު ނުކުރަން އިލްތިމާސްކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!