ކުޅިވަރު ފުޓްބޯޅަ

ބަނގްލަދޭޝް ރައްޔިތުންގެ ހިތުގައި ދިވެހިންނަށް އޮތް ލޯބި ދައްކާލީ އިހްތިރާާމާ އެކު!

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރޭގެ މެޗުގައި ބަނގްލަދޭޝް ސަޕޯޓަރުން/ ފޮޓޯ ފޭސްބުކް

ރޭ ގަލޮޅު ދަނޑުގައި ރާއްޖެއާ ބަނގްލަދޭޝްގެ ބައްދަލު ކުރި މެޗު ރާއްޖެ ވަނީ "ސަޅި" ލަނޑަކުން ލީޑް ހޯދައިފައެވެ. ލީޑް ފުޅާ ކޮށްދިނީ ދިވެހިންގެ "ހީރޯ" އަލީ އަޝްފާގުގެ ނަލަނަލަ ޕެނަލްޓީއަކުންނެވެ. މިއާ އެކު ދިވެހިންނަށް ލިބުނު ކާމިޔާބާއެކު އުފަލުން ނުނަށާ ހަމަ އެންމެ ދިވެއްސެއް ނެތެވެ.

Ads by STELCO

ރޭގެ މެޗުން މޮޅުވުމާ އެކު ރާއްޖެ ވަނީ ތިން ޕޮއިންޓާ އެކު ތާވަލްގެ ތިންވަނަ އަށް އަރައިފައެވެ. ތާވަލްގެ އެންމެ ކުރީގައި އަދިވެސް އޮތީ ހަ ޕޮއިންޓާއެކު ނޭޕާލެވެ. ދެވަނައިގައި އޮތީ ރޭގެ މެޗުން ދަށްވި ބަނގްލަދޭޝެވެ. ރާއްޖެއަށް ލިބުނު ތިން ޕޮއިންޓާ އެކު، ފައިނަލަށް ދަތުރު ކުރުމުގެ މަގު ވަނީ ތަނަވަސްވެފައެވެ.

ރޭގެ މެޗަށް ރާއްޖެއާއި ބަނގްލަދޭޝް ނުކުތްއިރު ދިވެހިންނެކޭ އެއްވަރަށް ބަނގްލަދޭޝްގެ ސަޕޯޓަރުން ވެސް ވަނީ ޓީމު މޮޅުކުރަން ދެވުނު ސަޕޯޓެއް ދިނުމަށެވެ. ދިދަތަކާއި ބޯޑުތައް ހިފައިގެން ދަނޑުގައި ތިބި އިރު އެމީހުން ވެސް ދިޔައީ ޓީމަށް ދެވުނު ސަޕޯޓެއް ދެމުންނެވެ. އެހެން ނަމަވެސް ރޭގެ މެޗުން ބަނގްލަދޭޝްގެ ސަޕޯޓަރުންގެ ކިބައިން ފެނިގެން ދިޔައީ ތަފާތު މަންޒަރެކެވެ. ފެނިގެން ދިޔައީ އަމިއްލަ ގައުމު ބަލިވީ ނަމަވެސް ރާއްޖެއަށް ހިތުގައި އޮތް ލޯތްބެވެ.

ރޭގެ މެޗުގައި ބަނގްލަދޭޝް ސަޕޯޓަރުން/ ފޮޓޯ ޔެސްޓީވީ ފޭސްބުކް

މެޗް ބަލަން ގަލޮޅު ދަނޑަށް ވަދެ ތިބި ބަނގްލަދޭޝްގެ ސަޕޯޓަރުން އެގައުމުގެ ދިދައި އިތުރަށް ރާއްޖޭގެ ދިދަ ވެސް ހިފައިގެން ތިބި މަންޒަރު ފެނުނެވެ. ރާއްޖެއަށް އިހްތިރާމްކޮށް ރާއްޖޭގެ ޓީމަށް ހިތްވަރު ލިބޭ ފަދަ ބޯޑުތައް ހިފައިންގެ ނިކުމެ ތިބެ އެގައުމުގެ ރައްޔިތުން ދެއްކީ ތަފާތު ނަމޫނާއެކެވެ. މެޗުގެ ލީޑް ރާއްޖެއިން ނަގައި ލިބުނު ޕެނަލްޓީއެއްގައި ލީޑް ފުޅާކުރުމާ އެކު ބަނގްލަދޭޝްގެ ސަޕޯޓަރުން ވެސް ރާއްޖެއަށް ހިތްވަރު ދީފައިވާއިރު މެޗު ނިމެން ވަގުތު ކޮޅަކަށްވުމުން ބަނގްލަދޭޝްގެ ސަޕޯޓަރުން ދަނޑުން ނުކުތް ނަމަވެސް އޭރު ވެސް އެ މީހުން ބުނަމުން ދިޔައީ އެމީހުންގެ ދެވަނަ ޓީމަކީ ރާއްޖެކަމަށެވެ.

ރޭގެ މެޗުގައި ބަނގްލަދޭޝް ސަޕޯޓަރުން/ ފޮޓޯ ފޭސްބުކް

ކޮންމެއަކަސް ރޭ ބަނގްލަދޭޝްގެ ސަޕޯޓަރުންގެ ފަރާތުން ފެނުނީ ތަފާތު ރީތި ނަމޫނާއެކެވެ. މިއާ އެކު ރޭގެ މެޗުން ބަނގްލަދޭޝް މޮޅުވި ނަމަވެސް ހަމަ ދިވެހިން މޮޅުވި ފަދަ ކަމަށް ގަބޫލުކުރަން ދިވެހިން ވެސް ތިބީ ތައްޔާރަށެވެ. ސަބަބަކީ ރާއްޖޭގެ އާބާދީގެ ބޮޑުބައެއް މިހާރު ބަނގްލަދޭޝްގެ ރައްޔިތުން ވެސް ހިއްސާކުރުމެވެ.

ސާފް ޗެންޕިއަންޝިޕްގައި ދެން ރާއްޖެ ކުޅުމަށް ހަމަޖެހިފައި ވަނީ 10 ވަނަ ދުވަހުއެވެ. އެ ދުވަހު ހަވީރު ރާއްޖެ ނިކުންނާނީ ލަންކާއާ ދެކޮޅަށެވެ.

  1. ބަންގާޅިން

    އަދިވެސް އެބައިގަނޑު އިތުރު ކުރަން ފެނޭ! މުޅި ގައުމުގެ ހުރިހާ ވިޔަފާރި އެމީހުންނަށްދީ ކޮންމެ ގެއަކުން އަންހެނަކާ ދެވާ މި ގައުމުގެ ރައްޔިތުންނަށް ހަދަން ފެނޭ.

  2. ފޫހި

    ދެންް ވިސާާ ފުރީކުރޭޭ އެމީހުންނަށްް އެހެންް ގައުމެއްގައިި އެގޮތަށްް ނޫޅެވޭތީީ ދިވެހިންގެެ ބޯކަނީީ

  3. ލަބީޤް މުޙައްމަދު މާހިދު

    ތެދެކެވެ. ބަންގްލަދޭޝް ރައްޔިތުންނަށް އެހެން ޤައުމެއްގައި މިހާ މިނިވަންކަމާއެކު ނޫޅެވޭނެއެވެ. އެހެން ނަމަވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ދިވެހިންނާއި ބަންގްލަދޭޝްގެ ގުޅުން އުފެދުނީ އިއްޔެއަކު އިހަށްދުވަހަކު ނޫންކަމެވެ. މީ މާކުރީއްސުރެ އޮތް ގުޅުމެކެވެ. “ހައްސަ ދަރިންނާ ބަންގާޅު ފޮށްޓަކާ” އޭ ކިޔާ އަޑު އެއްސެވިންތޯ އެވެ. ޞުލްޠާނު ޞަލާޙުއްދީނުލް ޞާލިޙުލް ބަންޖާލީ ކިޔާ ރަސްކަލެއްގެ ވާހަކަ އަޑުއެއްސެވިންތޯ އެވެ. ބަންގާޅު ކުނަލެއްގެ މަތީގައި އިށީންނެވިންތޯ އެވެ.
    ތެދުފުޅެކެވެ. ބިދޭސީންގެ މައްސަލަތަކެއް ރާއްޖޭގައި އެބައޮތެވެ. އެހެނަސް އެއީ އަޅުގަނޑުމެން އަމިއްލައަށް އުފަންކުރި އަދި އަޅުގަނޑުމެން އަމިއްލައަށް ޙައްލުކުރަންޖެހޭ މައްސަލައެކެވެ.
    އެކަމުގެ ރުޅި ދިވެހިރާއްޖޭގައި އުޅޭހާ ބިދޭސީންނަކަށް ބާލާކަށް ނުޖެހެއެވެ.

  4. އަންނައުނު

    މަ ހީކުރީ ޑޯޒް ޑީލް ކޮންމއ ލައްކަޔަކަށް ގޯލެއް ކަމަށް.. މިހާރު މި އެނގުނީ މާކެޓިންވެސް ޕެކޭޖްގަ ހިމެނޭކަން…
    ޖާަރޒީ ސެޓް ވެސް… މަ ހައްޕު..