Sunday, 1 November 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ހޯމް މިނިސްޓަރު އިހަވަންދޫއަށް ވަޑައިގެންނެވުމުން ރައްޔިތުން މުޒާހަރާކޮށްފި

ހޯމް މިނިސްޓަރު އިހަވަންދޫއަށް ވަޑައިގެންނެވުމުން ރައްޔިތުން މުޒާހަރާކޮށްފި

ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ މިއަދު ހއ. އިހަވަންދޫއަށް ވަޑައިގެންނެވުމުން އެރަށު ރައްޔިތުން މުޒާހަރާކޮށްފިއެވެ.

"ދެން"އަށް މައުލޫމާތު ދެއްވަމުން އިހަވަންދޫ ކައުންސިލް މެމްބަރު އަހުމަދު ރިލްވާން ވިދާޅުވީ ހޯމް މިނިސްޓަރ އެރަށަށް ވަޑައިގަންނަވާކަން ކުރިން އެނގިފައި ނުވާކަމަށާއި އެކަން އެނގުމާއެކު 30 ވަރަކަށް މިނެޓުތެރޭ މުޒާހަރާ އިންތިޒާމްކޮށް އަޑުއުފުލީ ކަމަށެވެ.

"މިނިސްޓަރު ވަޑައިގަންނަވާކަމެއް ކުރިއަކުން ނޭނގޭ. ދެން އެކަން އެނގުމާއެކު ކުއްލިއަކަށް ރޭވިގެން ކުރިއަށް ގެންދެވުނު މުޒާހަރާއެއްމީ. ބޮޑަށް އަޑު އުފުލީ ތަރައްގީގެ ބާނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ. އަދި އަދުލު އިންސާފު ގާއިމުކޮށްދިނުމަށް ގޮވާލާ" ރިލްވާން ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

ރިލްވާން ވިދާޅުވީ މިއަދުގެ މުޒާހަރާގެ ބައިވެރިން މިނިސްޓަރ އިމްރާންއާ ބައްދަލު ކުރުމަށް މަސައްކަތްކުރި ކަމަށާއި އެކަމަށް ފުލުހުން ހުރަސް އަޅައިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން އަޑު އުފުލިން ގޮތް ނޭނގޭ މަރުތަކުގެ މައުލޫމާތު ހާމަނުކުރާތީ އެކަންކަން ހާމަކުރުމަށް އެދި. އަދި މަސައްކަތް ކުރިން މިނިސްޓަރާ ބައްދަލުވޭތޯ ވެސް. އެކަމަކު ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ހުރަސް އަޅައިފައި" ރިލްވާން ވިދާޅުވިއެވެ.

އެރަށަށް އިމްރާން ވަޑައިގަތް ވަގުތު، ރަށުގެ ރައްޔިތުން ބަނދަރު ކައިރިއަށް އެއްވެ މުޒާހަރާކޮށްފައި ވަނީ އެކިއެކި ޕޯސްޓަރުތައް ހިފައިގެންނެވެ. ހޯމް މިނިސްޓަރު މިއަދު އިހަވަންދޫއަށް މިކުރި ކުއްލި ދަތުރަކީ ކޮންބޭނުމަކު ކުރި ދަތުރެއްކަމެއް އެނގިފައެއް ނުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް