މަޖިލީހުގެ އެއްވެސް ފިރިހެން މެމްބަރަކަށް އަޅުގަނޑުގެ ޖިންސީ ގުނަވަން ފެނިފައި ނުވާނެ: ނާޒިލް
މަޖިލީހުގެ އެއްވެސް ފިރިހެން މެމްބަރަކަށް އޭނާގެ ޖިންސީ ގުނަވަން ފެނިފައި ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވިދާޅުވެއްޖެއެވެ.
މިއަދު ކުރިޔަށްދާ މަޖިލިސް ޖަަލްސާގައި ވާހަކަފުޅު ދައްކަވަމުން ނާޒިލް ވިދާޅުވީ މަޖިލީހުގައި ތިއްބެވި މެންބަރުންގެ ތެރެއިން އެއްވެސް ފިރިހެން ބޭފުޅަކަށް އޭނާގެ ޖިންސީ ގުނަވަން ފެނިފައިނުވާނެ ކަމަށެވެ.
“"އަޅުގަނޑުގެ ޖިންސީ ގުނަވަނެއް މި އިއްޒަތްތެރި މަޖިލީހުގައި މިތިބަ މެމްބަރުންގެ ތެރޭގައި އެންމެ ފިރިހެނަކަށް ވެސް ފެނިފައި ނޯންނާނެ” ނާޒިލް ވިދާޅުވިއެވެ.
ނާޒިލް މެމްބަރު އަސްލަމަށް ޖިންސީ ގުނަވަން ދެއްކި ކަމަށް ބުނާ މައްސަލައެއް ފެންމަތިވެފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. އެ މައްސަލަ ބަލައިދޭން ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފައެވެ. މައްސަލަ ހުށަހަޅައިފައި ވަނީ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު ހުސަައިން ޝަމީމް (އަނދުން ހުސައިން)އެވެ.
އެނގިފައިވާ ގޮތުގައި، އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އުފެދުނު ހިޔާލުތަފާތުވުމަކާ ގުޅިގެން އަސްލަމަށް ރުޅިވެރިކަން ދެއްކުމުގެ ގޮތުން މެންބަރު ނާޒިލް ވަނީ އޭނާގެ ޖިންސީ ގުނަވަން ދައްކައި "މި ވީޑިއޯ ކޮށްބަލާށޭ" ވިދާޅުވެފައެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި ނާޒިލް ވަނީ މިކަން ދޮގު ކުރައްވައިފައެވެ. އަދި ރައްޔިތުން މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ ގޭގައި އަލިފާން ރޯކޮށްލަން މަސައްކަތް ކޮށްފައި ވަނީ، ނާޒިލްގެ އެންގުމަށް ކަމަށް މެންބަރު އަސްލަމްގެ އަނބިކަނބަލުންގެ ކޮއްކޯފުޅު އަދި ޕީޕީއެމްގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒު ކުރެއްވި ތުހުމަތުތައް ވެސް ނާޒިލް ވަނީ ދޮގު ކުރައްވައިފައެވެ.
ނާޒިލް ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަމަށާއި އޭނާއަކީ ގޭންގް ކުށްތަކުގައި ބައިވެރިވެ، ކުށްވެރިންނާ ގުޅުން އޮވެ، މީހުންގެ މުދަލާއި ގޯތިގެދޮރު ރޯކުރަމުން ދުވާ މީހެއް ނޫން ކަމަށް ނާޒިލް ވަނީ ވިދާޅުވެފައެވެ.
އެތަނުގައި ތިބި އަންހެނުންނަށްދޯ ފެނުނީ.
އަންހެން މެންބަރަކަށްދޯ ފެނުނީ!
މާނައަކީ އަންހެންމެންބަރުންނަށް ފަހަރެއްގައި ފެނިދާނޭ. އެހާ ޔަޤީނެއްނޫން ދެއްތޮ.