ވާހަކަ

ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި)

އަޒްކީ ، ދެން އޮންލައިން
▾ މި ވާހަކައިގެ ޢަދަދުތައް
ޙައްޤަކަށް ތީމަގޭ ވުން... (ޓްރައިލާ) ހައްޤަކަށް ތީމަގޭ ވުން (ފުރަތަމަ ބައި) ޙައްޤަކަށް ތީމަގޭ ވުން.. (ދެވަނަބައި) ޙައްޤަކަށް ތީމަގޭ ވުން..(ހަތަރުވަނަ ބައި) ޙައްޤަކަށް ތީމަގޭ ވުން...(ފަސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ހަތްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން..(ނުވަވަނަ ބައި) ހައްޤަކަށް ތީމަގޭވުން (ދިހަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(އެގާރަ ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...( ބާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން ..... (ތޭރަވަނަ ބައި) (ހައްޤަކަށް ތީމަގޭވުން....( ސޯޅަވަނަ ބައި ހައްޤަކަށް ތީމަގޭވުން..(ސަތާރަވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ނަވާރަވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ވިހިވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާވިސް ވަނަބައި) ހައްޤަކަށް ތީމަގޭ ވުން..(ބާވިސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. (ތޭވީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ސައްވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(ފަންސަވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސައްބީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ހަތާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...( އަށާވީސް ވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން.. ( ނަވާވީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން ...(އެއްތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ބައްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން...(ތެއްތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސައުރަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން... (ފަންސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ސަތު ތިރީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އަށުތިރީސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން....(އޮނަސާޅިސް ވަނަ ބައި) ހައްޤަކަށް ތީމަގޭވުން ..(ސާޅިސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(އެކާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭވުން..(ބަޔާޅީސްވަނަ ބައި) ހައްޤަކަށް ތީމަގޭ ވުން...(ފަހުބައި)

" ދީމް.. އޭނަ ލިބުމުގެ އުއްމީދުގަ ނުހުރޭ.. އެއީ މިހާރު މީހެއްގެ އަނތްބެއް.. އެދެމީހުންގެ ވަރަށް ލޯބި ދަރިއަކުވެސް ހުރޭ.." ފަޒަލްގެ ވާހަކަ އަދީމަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ހީވީ މީހަކު މޫނުމަތީގައި ވިހެލި ހެންނެވެ. ކުރަމުން އައި ފޮނި އުއްމީދު ހިނދުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވީއެވެ. ހިތަށް ކުރި ފުންއަސަރު ކަރުނައިގެ ސިފައިގާ ލޮލުން ފާޅުވީ އެއްވެސް އިޙްތިޔާރެއް ނެތިއެވެ.

Ads by MWSC

" އަހަރެންނަށް އެނގޭ ދީމް ވަރަށް ދެރަވާނެކަން.. އެކަމަކު ކެތްތެރިވާން ވެސް ދަންނަންވާނެ.. ދުނިޔޭގައި އަންހެން ކުދިން ހުސްވީއެއްވެސް ނޫނެއްނު.. އެނގޭ ލޯތްބަކީ ކޮންމެ ކޮންމެ މީހަކު ދެކެ ވެވޭނެ އެއްޗެއް ނޫންކަން.. އެކަމަކު ގިނަ ފަހަރަށް ތިމާ ލޯބިވާ މީހާ ހާސިލް ކުރަން އުޅެގެން މުޅި އުމުރު ދުވަސް ހުސްވާއިރުވެސް ހުންނަން ޖެހޭނީ ހުސްކޮށް.. އަހަރެން ދޭ ނަސޭހަތެއް ޤަބޫލުކުރަންޏާ ދީމްވެސް ހެޔޮލަފާ ސާލިހު ކުއްޖަކާ އެކު ޒަވާޖީ ހަޔާތެއް ފަށަންވީ.. ތިމާ ލޯބިވާ މިހާއަށް ވުރެ ކޮންމެ ގޮތަކުން ބެލިޔަސް ރަނގަޅުވާނީ ތިމާ ދެކެ ލޯބިވާ މީހެއް.. އެކަހަލަ ކުއްޖަކު ހުރިއްޔާ ލަސްނުކޮށް އެކުއްޖާޔާ ކައިވެނި ކުރޭ.. ﷲ އިރާދަކުރެއްވިއޔާ ދީމް ހީވެސް ނުކުރާހާ ރަނގަޅު ދިރިއުޅުމެއް ދީމްއަށް ލިބޭނެކަން ޔަގީން.. " ރަޙުމަތްތެރިއެއްގެ ހައިސިއްޔަތުން ދޭންޖެހޭ އެންމެ ރަނގަޅަކަށް ނަސޭހަތް ދެވޭތޯ ފަޒަލް މަސައްކަތް ކުރިއެވެ. އަދީމް ވަކި އެއްޗެއް ނުބުނި ނަމަވެސް އެދެއްކި ވާހަކަތަކާ މެދު ފުންކޮށް ވިސްނަމުން ދިޔައެވެ. ލޯބިވާ ކުއްޖާ މަތިން ހަނދާން ނައްތާލުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެހެންނަމަވެސް ލިބެން ނެތް މީހެއްގެ އިންތިޒާރުގައި ހުރުމަކީ މޮޔައަކު މެނުވީ ކުރާނެ ކަމެއް ނޫނެވެ.

ގެއަށް ދިޔަ މަގުމަތީގައި އެކި ގޮތްގޮތުން އަދީމަށް އެކަމާ ވިސްނެމުން ދިޔައެވެ. ނާކާމިޔާބީގެ ހިތި ރަހަ އަރުތެރޭގައި ލިތާ ކިތަންމެ ދުވަހެކެވެ. އެހެންނަމަވެސް އޭނާ ލިބޭނެ ކަމުގެ ކޮންމެވެސް ވަރެއްގެ އުއްމީދެއް އޮތެވެ. ކިޔަވައިގެން މޮޅު މީހަކަށްވީވެސް ހަމަ އެސަބަބަށްޓަކައެވެ. އެހެންނަމަވެސް މިއަދު އެއުއްމީދުވެސް ގެއްލިޖެއެވެ. ދެމަފިރިން ދޭތެރެއަށް ވަދެ ލޯބިން އުޅޭ އާއިލާއެއް ރޫޅާލާކަށް އަދީމް ބޭނުމެއްނުވެއެވެ.

ފަޒަލް ބުނިހެން އޭނާ ދެކެ ލޯބިވާ މީހަކު ހުރިނަމަ ކައިވެނި ކުރަންވީ އެމީހަކާއެވެ. ގައިމުވެސް އަދީމްދެކެ ލޯބިވާ މީހަކު އޭނާއަށް ވަފާތެރިވާނެއެވެ. އެހެން ހިތަށް އެރުމާއެކު އަދީމްގެ ހިތަށް އައިސް ވަންނަނީ އެންމެ ސޫރައެކެވެ. އެއަންހެން ކުއްޖާ އަދިވެސް އަދީމްދެކެ ލޯބިވާނެ ހެއްޔެވެ؟ އަދީމް ފެނުމުން ކުރިން އުޅުނުހެން މިހާރުވެސް އެއަންހެން ކުއްޖާ އުޅޭނެ ހެއްޔެވެ؟ އެއަންހެން ކުއްޖާ ކޮބައި ހެއްޔެވެ؟ އަދިވެސް ރަށުގައި އުޅޭނެ ހެއްޔެވެ؟ އޭނާ ހުސްކޮށް ހުރި ނަމަ އަދި އަދިވެސް އޭނާދެކެ ލޯބިވާނަމަ ޔަގީނުންވެސް އަދީމް ކައިވެނިކުރާނީ އެއަންހެންކުއްޖާއާ އެވެ. ސުވާލަކީ އަދީމަށް އޭނާ ލޯބިވާ ކުއްޖާ މަތިން ހަނދާން ނައްތައިލެވިދާނެ ހެއްޔެވެ؟ ނޫނީ އަދީމްދެކެ ލޯބިވާ އަންހެންކުއްޖާ ދެކެ އަދީމަށް ލޯބިވެވިދާނެ ހެއްޔެވެ؟ މިކަހަލަ ފިކުރުތަކެއްގައި ހުރެ ގެއަށް ދެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވައިފިއެވެ.

ގެއަށް ވަންނަން އައި އަދީމާއި އެވަގުތު ގެއިން ނިކުތް ފާތިކް ލައިނުގަތީ ހަމަ ކިރިޔާއެވެ.

" ތީ އިރުއޮއްސުމުގެ ކުރިން ގެއަށް އަންނަން ބުނިމީހާ.. މާދަން ފަތިހު ފުރާއިރު ހާދަ މަސައްކަތެއް އެބައޮތޭ.." ފާތިކް ބުންޏެވެ.

" މިއައީނު.. ދޮންބެ ކޮންތާކަށް ތިދަނީ؟" އަދީމް އަހައިލިއެވެ.

" މިގަޑީގަ ދާނީ މިސްކިތަކަށްނު.. ހިނގާ އާދުވެސް ދޮންބެއާ އެކު ނަމާދަށް.." އަދީމްގެ ކޮނޑަށް އެއް އަތް އެއްލަމުން ފާތިކް ބުންޏެވެ.

" ދޮންބެ ދޭ.. އަހަރެން ނަމާދަށް އަރާނީ ގެއަށް.." ފާތިކް އެއްލި އަތް ތިރިކޮށްލާން މަސައްކަތް ކުރަމުން އަދީމް ބުންޏެވެ. ލިބިގެން ދިޔަ ހަބަރުގެ ސަބަބުން އޭނާގެ މޫނުމަތިވަނި މުޅިން މިލާފައެވެ. ފާތިކަށް އެކަން ފާހަގަވިނަމަވެސް ވީކީއްތޯ އަދީމް ކައިރީގައި އަހާކަށް އޭނާ ބޭނުމެއްނުވިއެވެ. އެކަހަލަ ކަންތައްތަކަކީ އަދީމްގެ ޒާތީ ކަންތައްތަކަށް ވާތީއެވެ.

" ގެއަށޭ؟ ހެހެ.. ތީ އަންހެނެއްތަ؟ ނުދެވޭ ހާލަތެއް މެދުވެރިވެގެން ނޫނީ ފިރިހެނުން ނަމާދަށް ދާންވާނީ މިސްކިތަށް.. އެއީ އަހަރުމެންގެ ލޮބުވެތި ރަސޫލާ ސ.އ.ވ ގެ ސުންނަތް.. މިސްކިތަށް ގޮސް ޖަމާޢަތުގަ ނަމާދުކޮށްލީމަ ތި މިލާފައިވާ މޫނުމައްޗަށް އުފާވެރިކަން ލިބި ހިތަށް ހަމަޖެހުން ލިބިގެން ދާނެ.. ހިނގާ ދާން" ގަދަކަމުން ކަހަލަ ގޮތަކަށް އަދީމް ގޮވައިގެން ފާތިކް ހިނގައިގަތެވެ. އަދީމްގެ މޫނުމަތިން ފާތިކަށް އެކަން ފާހަގަވިތީ އަދީމް ހުރީ ހައިރާންވެފައެވެ. އެފަދަ ހެޔޮލަފާ ބޭބެއެއް ލިބުނު ކަމަށްޓަކާ އަދީމަށް ހިތާހިތުން ޝުކުރުކުރެވުނެވެ.

*********************

ފަތިހު ދުވެ ނިންމާލާފައި އައި ގޮތަށް ޝަހާ ފެންވަރާ ތާޒާވެލިއެވެ. ހޭލީއްސުރެން ފެށިގެންވެސް ޝަހާގެ ތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއް ވިއެވެ. ކައުސަރުގެ އާއިލާ ރަށައް އަންނަން ފުރާ ވާހަކަ ސޮފިއްޔާ ބުނީ ރޭގައެވެ. އޭރުއްސުރެން ފެށިގެން ޝަހާގެ އުޅުމަށް ވަނީ ތަފާތު ޖޯޝެއް ވެރިވެފައެވެ. އާދަޔާ ހިލާފަށް ހިތުގެ ތެޅުންވެސް ވަނީ އަވަސްވެފައެވެ.

މަލާކް ސްކޫލަށް ދާން ތައްޔާރުވެގެން ނިކުންނަން ވާއިރަށް ދެބިސް ގަނޑު އަޅައިލުމަށްފަހު ދެކިރު ތަށި ގިރައިގެން ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. ކޮންމެ ދުވަހަކުވެސް މަލާކްއާ އެކު ސައިބުއިމަކީ ޝަހާގެ އާދައެވެ.

" މަލާ އަވަސްކުރޭ! " ތަންކޮޅެއް ބާރަށް ޝަހާ ގޮވައިލިއެވެ.

" ޓޫ މިނެޓްސް ދޮންތާ!!" ކޮޓަރި ތެރެއިން މަލާކް ގޮވައިލި އަޑުއިވުނެވެ.

ކުޑައިރުކޮޅެއްފަހުން ކޮނޑުގައި ދަބަސް އަޅުވަމުން މަލާކް އައިސް ކާމޭޒު ކައިރީގައި އިށީނެވެ.

" ސޮރީ މަލާ!!! ދޮންތަ މިއަދު ތަންކޮޅެއް ބިޒީވީމަ މަލާ ލާކަށް ނުދެވޭނެ.. ދޮންތަ ޓެކްސީއެއް ބުކް ކޮށްފައި އޮންނާނީ.. މިއޮތީ ޓެކްސީ ލާރި.." މަލާކް އަތަށް ލާރި ދިއްކޮށްލަމުން ޝަހާ ބުންޏެވެ.

" ދޮންތަ މުހިންމު މީޓިންއެއް އޮތީތަ؟" ލާރީގައި ހިފަމުން މަލާކް އަހައިލިއެވެ. މުހިންމު ކަމެއް ދިމާވެގެން ނޫނީ އޭނާ ސްކޫލަށް ލާން ނުގޮސް ޝަހާ ނުހުންނާނެކަން މަލާކަށް އެނގެއެވެ.

" މިއުޅެނީ މައި ދައްތަ މެރީ ކުރަން އުޅޭ ކުއްޖާގެ ގޭމީހުން މިއަދު އަންނާތީ.. އެހެންވެ އެމީހުންނަށް ވިޒިޓް ކުރަން ދާއިރު މީރު ކާއެއްޗެއް ހަދައިގެން ގެންދަންވެގެން.. " ޝަހާ ބުންޏެވެ.

" ޢޯވހް.. ފާތިކްބެ ގެ ގޭމީހުން އަންނަނީތަ.. ކައްމިވެސް އަންނާނެ ދޯ އޭރުން.. ކައްމި އަހަރެން މަތިން ހަނދާން ހުންނާނެތަ؟ ވީ ޔޫސްޑް ޓު ޕްލެއި ޓުގެދަރ.." ކުޑައިރުގެ އެކުވެރިޔާ މަތިން ހަނދާން ކޮށްލަމުން މަލާކް ބުންޏެވެ.

" މަލާ ހަނދާން އެބަހުރި ދޯ.. ދޮންތަ ހީކުރީ ހަނދާން ނުހުންނާނެ ކަމަށް.. އެއީ އޭރުގަ އަހަރުމެންގެ ވަރަށް ކްލޯޒް ނެއިބަރ އެއްނު.. މަންމަވެސް ވަރަށް ގިނައިން ދާނެ އެގެއަށް.. އެމީހުން މާލެ ބަދަލުވިފަހުން ހުރިހާ ގުޅުމެއް ކެނޑުނީ.. މަންމަވެސް އެމީހުން އެކޮޅަށް ބަދަލުވިތާ ގިނަ ދުވަހެއް ނުވެ ނިޔާވެއްޖެ.. އެކަމަކު ސޮފިއްޔާއްތަ ބުނޭ ކައުސަރުދައްތަ ގުޅާއިރު ވަރަށް ގިނައިން އަހާނެޔޭ އަހަރުމެންގެ ވާހަކަ.... " ޝަހާއަށް އެހިސާބަށް ބުނެވުނުތާ ކާރެއްގެ ބަރުގޮނުގެ އަޑުއިވިގެން ދިޔައެވެ.

" ދެންވެސް އަވަސްކުރޭ އެއައީ ޓެކްސީ.. " އިންތަނުން ތެދުވެ ސައިބޮއެ ތަށިތައް ނަގަމުން ޝަހާ ބުންޏެވެ. މޭޒުމަތީގައި ހުރި ފެން ޖަގުން ތައްޓަށް ފެންފޮދެއް އަޅައިގެން ބޯލުމަށްފަހު މަލާކް ދޮރާ ދިމާލަށް ހިނގައިގަތެވެ.

" ދޮންތާ ހަދާ އެއްޗަކުން އަހަރެންނަށް އެތިކޮޅެއް ބަހައްޓައްޗެ.." ދޮރުން ނިކުންނަމުން މަލާކް ބުންޏެވެ. ޝަހާ ހިނިތުންވެލުމަށްފަހު އައިސް އަލަމާރިން ހައެއްކަ އާފަލު ނަގައިގެން ގޮސް ބަދިގޭގެ އަށިގަނޑު މަތީގައި ބެހެއްޓިއެވެ.

" އެޕަލް ޕައި...." ހިނިތުންވެލަމުން ޝަހާ ކިޔައިލިއެވެ. އެޕަލް ޕައި އަކީ އަދީމަށް ކިހާ މިރު އެއްޗެއްކަން ޝަހާއަށް އެނގެއެވެ. އިސްރާވެސް އެޕަލް ޕައި ހަދައިފިނަމަ ކޮންމެ ގޮތެއް ހަދައިފައި ވިޔަސް އެތިކޮޅެއް އަދީމަށް ގެންދާނެއެވެ. އަދީމް އަމިއްލައަށް އެދިގެންވެސް ބައެއް ދުވަސް ދުވަހު އެޕަލް ޕައި ހަދައިދިނުމަށް އިސްރާ ކައިރީގައި ބުނާނެއެވެ.

***********************

އަމިއްލަ ފަސްގަނޑުގައި ދެފައިތިލަ ޖެހުމާއެކު ކައުސަރުގެ ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި އުފަލެކެވެ. ދިހަ އަހަރުގެ ދިގު މުއްދަތަކަށްފަހު އަމިއްލަ ވަޒަނުގެ ވައި މޫނުގައި ބީހިލުމާއެކު އޭނާގެ ތުންފަތަށް ވެރިވެގެން ދިޔައީ ލުއިލުއި ހިނިތުންވުމެކެވެ. އަދީމަށްވެސް ވީ މިފަދަ ގޮތެކެވެ. އޭނާ ހަނދާންވީ  އެކިދުވަސްމަތިން ރަޙުމްތަތްރިންނާއެކު ހޭދަކުރެވިފައިވާ ދުވަސްތަކެވެ. މިހާރު އެހުރިހާ ރަޙުމަތްތެރިން ކޮބައި ހެއްޔެވެ؟ ހަމަގައިމުންވެސް ދެގޮތެއްނުވެ ހުރި އެކަކު އެބަހުއްޓެވެ. އަދީމް ޖީބުގައި އޮތް ފޯނު ނެގުމަށްފަހު ހުސެން ޖަހާފައިވާ ނަމްބަރަކަށް މެސެޖް ކޮށްލިއެވެ.

އެއަރޕޯޓުން ނިކުމެ އެންމެން ތިބީ ސޮފިއްޔާގެ ފިރިމީހާ މުހުސިންގެ އިންތިޒާރުގައެވެ.

" ވާއު މަންމާ.. ކައްމި ހާދަ އުފާވެޔޭ މިރަށައް އާދެވުނީމަ.. ލުކް އެޓް ދަ ބިއުޓީ.. " އެކި ދިމާ ދިމާލަށް ނަޒަރު ހިންގައިލަމުން ކަމީލާ ބުންޏެވެ.

" ދެން ކައްމިވެސް މިރަށުގަ މަޑުކުރަންވީއެއްނު ދޮންބެއާއެކު.." ރާފިގު ސަމާސާއަކަށް ބުންޏެވެ.

" ކައްމިވެސް އެބަ ވިސްނަން ތިކަމާ.. އޭރުން މަންމަގެ ލެކްޗަރ ތަކުން ސަލާމަތް ވެވޭނެއްނު.." ލޮލުގެ ކަނަކުން ކައުސަރާ ދިމާލަށް ބަލައިލަމުން ކަމީލާ ބުންޏެވެ.

" އެހެންތަ؟ އެހެންވީއިރު ލާހިކެއް ނޫން އަހަރެންގެ ކިބައިން ސަލާމަތް ވާން.. މީހަކާވެސް ނުދެވާނަން.. އުމުރު ހުސްވަންދެން އަހަރެން ކައިރީގައި ބަހައްޓާނީ.." ކައުސަރު ބުންޏެވެ.

" އޭރުން އަހަރެން ފިލައިގެން ދާނީ" ކަމީލާވެސް ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ދެމައިންގެ ދެމެދުގެ ބަހުސް އަޑު އިވިފައި އެހެން މިހުން ތިބީ ހީލަހީލައެވެ.

" ހާދަ ލާނެތް ވެއްޖޭ މިހާރު... ތިނޯހަކުން އަނގަ ފަހަންވީ ކަންނޭނގެ" ކަމީލާގެ ކަންފަތަށް ފިތާލަމުން ކައުސަރު ބުންޏެވެ. ތަދުވި ނަމަވެސް ކަމީލާ ކައިރިއަށް އައި ނުލަފާ ހިންޏެކެވެ.

އިރުކޮޅަކުން މުހުސިން އޭނާ ދުއްވާ ބަގީގައި އަންނަތަން ފެނުމުން ކައުސަރު ކަމީލާގެ ކަންފަތުން ދޫކޮށްލިއެވެ.

" ވަރަށް ލަސްވެއްޖެ ދޯ.. ކުއްލިއަކަށް ދަތުރެއް ނަގަން ޖެހިގެން ލަސްވީ.." ބަގީއިން ފައިބާ އެމީހުންގެ ފޮށިތައް ބަގީއަރުވަމުން މުހުސިން ބުންޏެވެ. އަދީމާއި ފާތިކްވެސް މުހުސިންއާ ބައިވެރިވަމުން ދިޔައެވެ.

" ނުވެސް އެނގި ހުއްޓާ ކުދިންކޮޅު ބޮޑުވެއްޖެ ދޯ..." ފޮށިތައް އަރުވައި ނިންމައިލުމަށްފަހު ޑްރައިވަރު ސީޓުގައި އިށީންނަމުން މުހުސިން ބުންޏެވެ. އޭރު އެހެންމީހުންވެސް  ބަގީއަށް އަރާ ހަމަޖެހިއްޖެއެވެ.

" ދެން ބޮޑުވާނެތާ ދޯ.. މީދޯ މުހުސިން މިހާރު ކުރާ މަސައްކަތަކީ...ހާދަ ބޮޑު ބަގީއެކޭ މީ.." ކައުސަރު ބުންޏެވެ.

" އާނ މީ ކުރަން ވަރަށް ރަނގަޅު ކަމެއް... އެއަރޕޯޓު އެޅިފަހުން ހާދަ ދަތުރެއް ލިބެޔޭ.. ފުދޭވަރަކަށް ރަނގަޅު އާމްދަނީއެއްވެސް ލިބޭ.. " ބަގީ ކުރިއަށް ދުއްވާލަމުން މުހުސިން ބުންޏެވެ.

******************

އެނދުމަތީގައި ބަންޑުން އޮތް ޝެރީންގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ޖައިލަމް އަކީ އޭނާގެ އަލަތު ލޯތްބެވެ. ޖައިލަމްއާ އޭނާ ރައްޓެހިވިއިރު އުމުރުން އެންމެ ފަނަރަ އަހަރެވެ. އޭނާ ޖައިލަމްދެކެ ލޯބިވާ ފަދައިން ޖައިލަމްވެސް އޭނާދެކެ ވަރަށް ލޯބިވާކަން ޝެރީންއަށް އެނގެއެވެ. ޖައިލަމް މަސްތުވާތަކެތި ބޭނުންކުރާކަން ޝެރީންއަށް އެނގުނީ ކައިވެންޏަށް ތައްޔާރުވެފައި ވަނިކޮށެވެ. އެހިސާބުން އޭނާގެ އާއިލާ ނަސޭހަތްތެރިވީ ޖައިލަމް ދޫކޮށްލުމަށެވެ. އަނެއްކޮޅުން އޭނާ ދޫކޮށްނުލުމަށް ޖައިލަމް ދިޔައީ އެތަކެއް އާދޭހެއް ކުރަމުންނެވެ. ޖައިލަމްގެ އާދޭސްތަކުގައި ކޮޅުފައިން ޖަހާނެހާ ހިތްވަރެއް ޝެރީންއަކަށް ނުލިބުނެވެ. އެއަށްވުރެން މާބޮޑަށް އޭނާވީ ޖައިލަމްގެ ލޯބީގާއި ދީވާނާ ވެފައެވެ. މަސްތުވާތަކެތި ބޭނުން ކުރާކަން އެނގިހުރެވެސް އާއިލާއާ ދެކޮޅަށް ޖައިލަމްއާ ކައިވެނިކުރީ ކޮންމެވެސް ދުވަހަކުން ޖައިލަމް އިސްލާހުވާނެ ކަމުގެ އުއްމީދުގައެވެ. އޭނާއަށް ޖައިލަމް ރަނގަޅު ކުރެވޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް މަސްތުވާތަކެތީގެ ވަބާގައި ޖައިލަމް ޖެހިފައިވަނީ ރަނގަޅުކުރެވޭ ވަރަށްވުރެ ބޮޑަށެވެ. ޙުދު ޖައިލަމްވެސް ރަނގަޅުވާން ބޭނުންވެއެވެ. ދެ ފަހަރަކު ރިހެބަށްވެސް ދިޔައެވެ. އެތަނުން ނިކުމެގެން އަންނަނީ ރަނގަޅުވެގެންނެވެ. އެހެންނަމަވެސް އަނެއްކާވެސް އެކަމަށް އެނބުރި ދެވެނީއެވެ. މިފަހަރަކީ މަސްތުވާތަކެތި ބޭނުންކޮށްގެން ޖައިލަމް ޖަލަށް ލީ ދެވަނަ ފަހަރެވެ. މިހާރު ޝެރީންގެ ވެސް ހިތްވަރު އެލެން ފަށައިފިއެވެ. ޖައިލަމް ރަނގަޅުވާނެ ކަމުގެ އުއްމީދުވެސް ގެއްލެން ފަށައިފިއެވެ. ޖައިލަމް ދެކެ ކިތަންމެ ލޯބިވީނަމަވެސް އެފަދަ މީހަކާއެކު ޝެރީންއަށް ރަނގަޅު މުސްތަޤުބަލެއް ނުލިބޭނެކަން ވިސްނިއްޖެއެވެ. ޝެރީން އެންމެ ހިތާމަ ކުރަނީ ކައިވެންޏަށް ހަތް އަހަރު ފާއިތުވެގެން ދިޔައިރުވެސް ޝެރީންގެ އުނގު ފަޅުފިލުވައިލަދޭނެ ދަރިއަކު ނެތުމުންނެވެ. ދަރިއަކު ކިތަންމެ ބޭނުން ނަމަވެސް ޖައިލަމްގެ އެއުޅުމާހެދި ދަރިއަކު ހޯދަން ފަސްޖެހެވުނީއެވެ.

 

ޝެރީންއަށް ސިހުމެއް ލިބުނީ ކައިރީގައި އޮތް އޭނާގެ ފޯނަށް މެސެޖެއް އައުމުންނެވެ. އިންސްޓަގްރާމް އިން އައި އެ މެސެޖަކީ ޝެރީން ދަންނަ މީހަކު ފޮނުވި މެސެޖެއް ނޫނެވެ. އެމެސެޖް ފޮނުވާފައިވަނީ ޝެރީންގެ ފޭނެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޝެރީންއަކީ އިންސްޓަގްރާމްގައި ވިދަމުން އަންނަ ތަރިއެކެވެ. އޭނާގެ އެކައުންޓަށް އެތަކެއް ބައިވަރު މީހުން ފޮލޯވ ކުރަމުން އަންނައިރު ގިނަބައެއްގެ ތައުރީފު އޭނާގެ ފޮޓޯތަކަށް ލިބެއެވެ. އޭނާ އެންމެ ކުރީއްސުރެންވެސް ދެކެމުން އަންނަ ހުވަފެނަކީ ރާއްޖޭގެ ނަން މަޝްހޫރު މޮޑެލްއަކަށް ވުމެވެ. އެފަރާތުގެ މެސެޖެއް ޝެރީންއަށް ލިބުނީ ފޮޓޯއެއް ނުފެންނަތާ ގިނަ ދުވަސްވާތީ ކިހިނެއްވީތޯ ބަލައިލުމުގެ ގޮތުންނެވެ. މެސެޖަށް ވަކި ޖަވާބެއް ނުދީ ފޯނު ލޮކް ކޮށްލުމަށްފަހު ދުރުގާ ބޭއްވިއެވެ. މިވަގުތު އެއްވެސް މީހަކާ ވާހަކަ ދައްކާކަށް އޭނާ ބޭނުމެއް ނުވެއެވެ. ބާލީސް ތެރޭގައި މޫނު ފޮރުވައިލި ވަގުތު ޝެރީންގެ އަނގައިން މަޑު އާހެއް ބޭރުވެގެން ދިޔައެވެ.

***************

އަލަމާރި ކައިރީ ހުއްޓި ހުރި ޝަހާ ފަހަރަކު ހެދުމެއް ނަގާ ބަލަމުން ދިޔައެވެ. އަދީމްގެ ކުރިމައްޗަށް އަރާއިރު އޭނާއަށް ކަމުދާނެ ފަދަ ހެދުމެއްގައި ހުންނަން ޝަހާ ބޭނުންވިއެވެ. ޝަހާ އަށް އެންމެ ކަމުދިޔައީ ރަތްކުލައިގެ ކުދި މާތަކެއް ޖަހާފައިވާ ހުދުކުލައިގެ ހެދުމެވެ. ރަތްކުލައަކީ އަދީމަށް އެންމެ ރީތި ކުލައެވެ. އެހެދުން ލުމަށްފަހު ރަތްކުލައިގެ ޝޯލްއެއް އަޅައިލިއެވެ. ތުންފަތުގައި ވަރަށް ލުއި ރަތް ކުލައެއް ޖައްސައިލިއެވެ. އަތަށް ކޮލޯންކޮޅެއް އަޅައިލުމަށްފަހު ހެދުމުގައި ހާކައިލިއެވެ. އެޕަލް ޕައި ޓެރޭ ހިފައިގެން ގެއިން ނިކުތްއިރު ޝަހާގެ ހިތް އޭގެ އެންމެ ބާރުމިނުގައި ތެޅެމުން ދިޔައެވެ. އަތްފައި ފިނިވެ ދެއަތުގައި ތުރުތުރެއްވެސް ހުއްޓެވެ. އެގޭ ދޮރާ ކައިރިވަމުން ދިޔަވަރަކަށް ޝަހާގެ ނޭވާވެސް އަވަސްވަމުން ދިޔައެވެ. އެނބުރި ގެއަށް ދާންވެސް ހިތަށް އެރިއެވެ. އެހެންނަމަވެސް ފަސްޖެހިގެން ކަމެއް ހާސިލް ނުވާނެކަން އެނގޭތީ ހިތްވަރުކޮށްފައި ކުރިއަށް ދިޔައެވެ. ޝަހާ ތުރުތުރު އަޅާ އަތުން ބެލް އަޅައިލިއެވެ. ދެފަހަރަކު ބެލް އަޅައިލުމާއެކު އެތެރެއިން ދޮރުހުޅުވައިލިއެވެ.

Ads by Allied Insurance
  1. ފަރީ

    ވަރަށް ސަޅި ދިގުނަމަ މާބޮޑަށް ސަޅިވާނެެ